March 20, 2026
Advertisement
ޝެއިޚް ފަޒްލޫން
ޝެއިޚް ފަޒްލޫން / ތޭރަ އޮންލައިން

"ފަލަސްތީނު މައްސަލައަށް ހައްލު"،ގެ ނަމުގައި ޚާއްސަ ދަރުހެއް ބާއްވައިފި

Faina Faiz
ފައިނާ ފާއިޒް
Dec 13, 2025, 03:29 AM
މާލެ ސިޓީ

"ފަލަސްތީނު މައްސަލައަށް ހައްލު"،ގެ ނަމުގައި ޚާއްސަ ދަރުހެއް ބާއްވާއިފިއެވެ.

Advertisement

އާޓިފިޝަލް ބީޗުގައި ބޭއްވި މި ދަރުސްގައި ދަރުސް ދެއްވީ، ދީނީ އިލްމުވެރިޔާ އައްޝައިޚު ފަޒްލޫނު ބިން މުހައްމަދުއެވެ.

މި ދަރުސްގައި ވަނީ ފަލަސްތީނުގައި ކުރިއަށް ދާ ހަނގުރާމައާއި ގުޅޭ، ހާއްސަ ރިޕޯޓެއް ދައްކާފައިއެވެ. އަދި ފަލަސްތީނުގެ މައްސަލައަށް ހައްލު ގެންނާނެ ގޮތާއި ފަރުދުންނަށް ފަލަސްތީނުގެ ހާލަތައް ލުއިތައް ހޯދާދިނުމަށް ކުރެވޭގޮތް ގޮތާއި މެދު ޝެއިޚު ފަޒްލޫން ވަނީ ވާހަކަފުޅުދައްކަވާފައިއެވެ.

މީގެ އިތުރުން ކީރިތި ޤުރުއާނާއި ރަސޫލާ ސައްލައްﷲ އަލައިހިވަސައްލަމްގެ ހަދީސް ބަސްފުޅުތައް މައްޗައް ބިނާކޮށް ފަލަސްތީނުގެ ހާލަތައް އަދި ދުނިޔޭގެ ހާލަތައްވެސް މި ދަރުސްގައި ވަނީ އަލިއަޅުވާލާފައިއެވެ.

މި ދަރުސްގައި ވަރަށް ގިނަ ރައްޔިތުން ވަނީ ބައިވެރިވެފައިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 07 ވަނަ ދުވަހު ފަލަސްތީނާއި ދެކޮޅަށް ސަހްޔޫނީން ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން ފަލަސްތީނަށް އެކި ގޮތްގޮތުން އެހީތެރިވުމަށް ދިވެހިން އަންނަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved