April 3, 2026
Advertisement
-
- / ސީ.އެން.އެން

ސަހްޔޫނީން ލުބުނާނަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފި

Faina Faiz
ފައިނާ ފާއިޒް
Dec 24, 2025, 02:50 AM
ފަލަސްޠީން

ސަހްޔޫނީން ލުބުނާނަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.

Advertisement

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދެމުން އަންނަ ވައިގެ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ، ފުޅާ ދާއިރާއެއްގައި އިތުރު ހަމަނުޖެހުން ހިނގައިދާނެ ކަމުގެ ބިރު އިތުރުވެފަެި ވާއިރު އެތައް ބައެއް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިފައިއެވެ.

އިރުމަތީ ގުދުސްގައި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން މީހުން ދިރިއުޅޭ އިމާރާތެއް ތަޅާލުމުން ފަލަސްތީނުގެ ދިހަވަރަކަށް އާއިލާ ގެދޮރު ދޫކޮށް ދާން އެމީހުން ވަނީ މަޖުބޫރުވާފައިއެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިފައިންނާއި ވަޒަންވެރިން ވަނީ ރޭޑްތަކާއި ބަޑިޖަހައި ފަލަސްތީނުގެ ރައްޔިތުންނަށް ޒަޚަމްކޮށް، މީހުން ހައްޔަރުކޮށްފަ އެވެ.

އިސްރާއީލުގެ އެތެރޭގައި ސަރުކާރުން ވަނީ އަސްކަރީ ރޭޑިއޯ ސްޓޭޝަނެއް ބަންދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފާސްކޮށް، ދައުލަތުގެ ތަހުގީގެއް ހިންގުމަށް ރާވާފައިވާކަން އިއުލާންކޮށްފައެވެ.

މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ދެން އޮތް މަރުހަލާ ކުރިއަށް ގެންދިއުމަށް މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved