March 20, 2026
Advertisement
-
- / އަލްޖަޒީރާ

ފަލަސްތީނަށް ކުރިމަތިވެފައިވާ، ތޫފާން ބައިރޮންގައި މަރުވި މީހުންގެ އަދަދު 14 އަށް އަރައިފި

Faina Faiz
ފައިނާ ފާއިޒް
Dec 13, 2025, 03:30 AM
ފަލަސްޠީން

ފަލަސްތީނުގެ ޣައްޒާއަށް ކުރިމަތިވެފައިވާ، ތޫފާން ބައިރޮންގައި މަރުވި މީހުންގެ އަދަދު 14 އަށް އަރައިފިއެވެ.

Advertisement

މި ތޫފާނުގެ ސަބަބުން ޣައްޒާގައި މިހާތަނަށް 14 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިންނާއި ތުއްތު ކުދިން ހިމެނޭއިރު، ގިނަ ޓެންޓްތަކާއި ގެދޮރު ވަނީ ފެންބޮޑުވުން އަދި ވައިގެ ވެއްޓިފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ސަހްޔޫނީން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު މިހާރު ވަނީ، 70،000 ހަށް ވުރެ އިތުރުވެފައިއެވެ. އަދި މި ހަނގުރާމައިގެ ތެރޭގައި ފަލަސްތީނުގެ 170،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

މި ހަމަލާތަކުގެ އިތުރުން ފިނިމޫސުމުގެ ސަބަބުން ކުރިމަތިވި މި ތޫފާނުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ދަނީ އިތުރު ދަތިކާ ކުރިމަތިލަމުންނެވެ. އަދި ގެދޮރު ގެއްލިފައިވާ އެތައް ލައްކަ އާއިލާތަކެއް ދިރިއުޅެނީ ތޫފާންތަކުން ރައްކާތެރިކަން ކުޑަ ޓެންޓްތަކުގައި ނުވަތަ ހަލާކުވެފައިވާ ހިޔާތަކުގައެވެ. މި ތަންތަނަކީ ތޫފާންތަކާ ކުރިމަތިލެވޭ ވަރަށް ވުރެ ނިކަމެތި ތަންތަން ކަމަށް އަލްޖަޒީރާ ފަދަ މަސްދަރުތަކުން ވަނީ ހާމަކޮށްފައިއެވެ.

ޣައްޒާއަށް އިތުރު އެހީތަކެއް ދިނުމަށާއި ދެ ފަރާތުން ވެސް ސުލްހައަށް މަސައްކަތް ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގޮވާލަމުން އަންނަ އިރު އިސްރާއީލުގެ ޔަހޫދީން މި ގޮވާލުންތަކަށް އެއްވެސް އިޖާބައެއް ނުދޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved