May 9, 2026
Advertisement
-
- / އަލްޖަޒީރާ

ސަހްޔޫނީން ރާއިދު ސާދު ޝަހީދުކޮށްލައިފި

Faina Faiz
ފައިނާ ފާއިޒް
Dec 14, 2025, 11:33 PM
ފަލަސްޠީން

އިސްރާއިލުން ހަމާސްގެ އިސް ލީޑަރު ރާއިދް ސާދު ޝަހީދުކޮށްލައިފިއެވެ.

Advertisement

ހަމާސްއިން އާންމުކޮށް ކަށަވަރުކޮށްދީފައިވާ ގޮތުގައި, އިސް ކޮމާންޑަރު ރާއިދު ސާދު ޝަހީދުކޮށްލާފައިވަނީ ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާއަކުންކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ޣައްޒާއަށް ދިން ހަމަލާއެއްގައި ސާދު މަރާލާފައިވާ ކަމަށާއި ހަމަ އެ ހަމަލާގައި މަދުވެގެން 25 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ހަމާސްގެ ޣައްޒާގެ ވެރިޔާ ޚަލީލް އަލް ހައްޔާ ނެރުނު ވީޑިއޯ ބަޔާނެއްގައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކޮށް އިސްރާއީލުން އެކަމަށް ތަބާވާކަން ކަށަވަރުކުރުމަށް އެދިފައިއެވެ.

ޣައްޒާގެ ރައްޔިތުން ބުނާ ގޮތުގައި އޮކްޓޯބަރު މަހުން ފެށިގެން ހަނގުރާމަ ހުއްޓާލިކަމަށް ބުނާ ނަމަވެސް، އިސްރާއީލުގެ ހަމަލާތައް ކޮންމެ ދުވަހަކު ވެސް ކުރިއަށްދާ ކަމަށްށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved