March 11, 2026
Advertisement
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން / ރޮއިޓަރސް

ހުޅަނގުގެ ސިފައިން ޔޫކްރޭނަށް ފޮނުވައިފި ނަމަ ނިއުކްލިއާ ހަނގުރާމަ އެއް ފެށިދާނެ: ޕުޓިން

Azzama
އައްޒާމާ
Mar 1, 2024, 02:57 AM

ރަޝިޔާގެ ރައިސް ވްލަޑަމީރު ޕުޓިން ހުޅަނގުގެ ގައުމުތަކަށް ބުރާސްފަތި ދުވަހު އިންޒާރު ދެމުން ވިދާޅުވީ ޔޫކްރޭނުގައި ހަނގުރާމަ ކުރަން ސިފައިން ފޮނުވާނަމަ ނިއުކްލިއާ ހަނގުރާމައެއް ކުރުމުގެ ނުރައްކާ އޮތް ކަމަށެވެ.

Advertisement

ޔޫކްރޭންގެ ހަނގުރާމަ އަކީ 1962 ވަނަ އަހަރު ކިއުބާގެ މިސައިލް ކްރައިސިސްއަށް ފަހު ހުޅަނގާއި އެކު ރަޝިޔާގެ ގުޅުމަށް ކުރިމަތިވި އެންމެ ނާޒުކު ދުވަސްތަކެވެ. ނޭޓޯ އާއި ރަޝިޔާއާ ދެމެދު ސީދާ ކުރިމަތިލުމެއްގެ ނުރައްކާތެރިކަމުގެ ވާހަކަ ޕޫޓިން ކުރިން ދެއްކެވި ނަމަވެސް ބުރާސްފަތި ދުވަހު ދެއްވި ނިއުކްލިއާ އިންޒާރަކީ އޭނާ މިހާތަނަށް ދިން އެންމެ ފާޅުކަން ބޮޑު އެއް އިންޒާރެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި އެގައުމުގެ އެހެން މެމްބަރުންނާ މުހާތަބު ކުރައްވަމުން ޕޫޓިން، 71، ވަނީ ހުޅަނގުން ރަޝިޔާ ބަލިކަށި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކުރާ ތުހުމަތު ތަކުރާރުކޮށްފައެވެ.

ޕުޓިން މިފަދައިން އިންޒާރު ދިނީ ހޯމަ ދުވަހު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ނޭޓޯ ސިފައިން ރަޝިޔާއާ ހަނގުރާމަ ކުރުމަށް ޔޫކްރޭނަށް ފޮނުވަން ދެއްކި ވާހަކަތަކާ ގުޅިގެން

ނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved