theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފުލުހުންގެ މައި އިދާރާ / ތޭރަ އޮންލައިން
ހަބަރު
ތިލަފުށީ ފަޅުގައި އޮތް ލޯންޗެއް ވަގަށް ނަގައި ގެއްލުންދިން މީހުން ހައްޔަރުކޮށްފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
18 އޮކްޓޯބަރު 2025
މާލެ ސިޓީ

ކ. ތިލަފުށީ ފަޅުގައި އަޅާފައި އޮތް ސްޕީޑް ލޯންޗެއް ވަގަށް ނަގައި ގެއްލުންދިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ތިލަފުށީ ފަޅުގައި އޮތް ސްޕީޑް ލޯންޗެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވަނީ، ށ. ފޯކައިދޫ, ޗަނބޭލީގޭ، ހަސަން ރަޝީދު އަހްމަދު އަދި ށ. ފޯކައިދޫ، ޝިއުމާމަންޒިލް، އިބްރާހީމް މަމްދޫހެވެ.

މި ދެ މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށްވެސްވަނީ ފަސް ދުވަސް ޖަހާފައެވެ. ދެ މީހުން ވެސް ބަންދު މަޖިލީހަށް ހާޒިރުކޮށްފައިވަނީ މިއަދެވެ. މި ދެ މީހުންގެ ތެރެއިން ހަސަން ރަޝީދު އަހްމަދުގެ އުމުރަކީ 30 އަހަރެވެ. އަދި އިބްރާހީމް މަމްދޫހުގެ އުމުރަކީ 27 އަހަރެވެ.

އަދި މި މައްސަލައިގައި ސީސީޓީވީ ސްނެޕްޝޮޓްތައް ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.

އަމުރުގައި ވިދާޅުވެފައިވަނީ އެ ދެމީހުން ވެސް ވަނީ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައި ކަމަށެވެ. އަދި ކުށްކުރެވުނީތީ ހިތާމަކުރާ ކަމަށް ބުނިކަމަށްވެސް އަމުރުގައި ވެެއެވެ.

ބަންދު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި މި ދެ މީހުން ވެސް ކުށަށް އިއުތިރާފުވެފައިވާތީ، ތަހުގީގު މަރުހަލާގައި ވެސް އިއުތިރާފު އެއްބަސްވުން ނުވަތަ ނަސޭހަތުގެ އެއްބަސްވުން ހެދުމުގެ ފުރުސަތު އެ މީހުންނަށް އޮތްކަންވަނީ އަންގާފައެވެ.

މި ދެ މީހުން ކުރެ މީހެއްގެ ބަންދު ރެކޯޑެއް ކުރިން އޮތް ކަމެއް އެނގިފައެއް ނުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved