March 20, 2026
Advertisement
-
- / ޓައިމްސް އޮފް އިސްރާއީލް

އެމެރިކާއަކީ ސަހްޔޫނީންގެ އެންމެ ގާތް މިތުރު، އެއީ އަހަރުމެންގެ ނަސީބު: ނަތަންޔާހޫ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 24, 2025, 06:32 PM
މާލެ ސިޓީ

އެމެރިކާއަކީ ސަހްޔޫނީންގެ އެންމެ ގާތް ރަހުމަތްތެރި މިތުރު ކަމަށާއި އެއީ ސަހްޔޫނީންގެ ނަސީބު ކަމަށް އެގައުމުގެ  ބޮޑުވަޒީރު އަނިޔާވެރި ބެންޖަމިން ނަތަންޔަހޫ ބުނެފިއެވެ.

Advertisement

ނަތަންޔަހޫ މިހެން ބުނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެގައުމަށް ކުރަމުން ގެންދާ ދަތުރާއި ގުޅިގެން ބޭއްވި އިވެންޓެއްގައެވެ. އޭނާ ސަހްޔޫނީންގެ ގައުމަށް ގޮސްފައި ވަނީ ގުދުސްގައި ބާއްވާ މަޝްވަރާ ބައްދަލުވުމަކަށެވެ.

މާކޯ ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ ދެމެދު އިތުބާރާއި ގާތް ގުޅުން އޮތް ކަމަށާއި އެމެރިކާ އިސްވެ ހުރެގެން ޣައްޒާއާއި ސަހްޔޫނީންގެ މެދުގައި ސުލްހަ ގާއިމުވެ  ރަނގަޅު ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ.

މާކޯ މިހެން ބުނެފައިވާއިރު ހަނގުރާމަ ހުއްޓާލުމަށް ސަހްޔޫނީންނާއި ހަމާސްެއިން އެއްބަސްވިފަހުންވެސް ސަހްޔޫނީން އަންނަނީ ޣައްޒާއަށް ހަމަލާދީ އެމީހުންނަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅަމުންނެވެ. ކަންމިހެން އޮތް އިރު ޓްރަމްޕްގެ އިންޒާރުތައް އަދިވެސް އަމާޒުވަނީ ހަމާސްއަށް ކަން ފާހަގަކުރެވެއެވެ. އެ ބުނާ ރަހްމަތްތެރިކަމަކީ އެއީ ކަމަށްވެސް ވެދާނެއެވެ.

ސަހްޔޫނީން ބޭނުންވަނީ ސުލްހަ ގާއިމް ކުރުމަށް ކަމަށް ނަތަންޔާހޫ ބުނާއިރު އޭނާގެ އަމަލުތައް ހުންނަނީ ދިމާ އިދިކޮޅަށެވެ.

މިގޮތުން މިހާތަނަށް 48 ފަހަރު ސަހްޔޫނީން އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށް ރިޕޯޓްތަކުން ހާމަވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved