
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރުވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ގަދަވެފައިވަނިކޮށް، އޭނާ ދިރިހުރިކަން ދެއްކުމަށް އިޒްރޭލުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފިއެވެ. ނަތަންޔާހޫ ދިރިހުރިކަން ސާބިތުކޮށްދިނުމަށް އިޒްރޭލުން އެންމެ ފަހުން އާންމުކުރި ވީޑިއޯއަކާއެކު، އޭނާ މަރުވެފައިވާކަމުގެ ޝައްކުތައް މިވަނީ އިތުރަށް ވަރުގަދަވެފައެވެ.
މިހާރު ސޯޝަލް މީޑިއާގައި ވައިރަލްވަމުންދާ މި ވީޑިއޯއިން ފެންނަނީ ނަތަންޔާހޫ އިތުރު ބަޔަކާއެކު ބައްދަލުވުމެއްގައި ބައިވެރިވާ މަންޒަރެވެ. ނަމަވެސް، ޓެކްނޮލޮޖީގެ މާހިރުންނާއި އާންމުން ވަނީ މި ވީޑިއޯގެ ސައްހަކަމާމެދު ސުވާލު އުފައްދާފައެވެ. ވީޑިއޯ ބަލައިލުމުން، ނަތަންޔާހޫ އިންނަ ސަރަހައްދުގެ މޭޒުގެ ކުލައާއި، ގޮނޑި އަދި މޭޒުގެ ވެންޓް ސިސްޓަމްތައް އެހެން މީހުންނާ މުޅިން ތަފާތުކަން ފާހަގަކުރެވެއެވެ. އަދި އެހެން މީހުންނާ އަޅާބަލާއިރު ނަތަންޔާހޫގެ މޫނުގެ ކުލަ އާދަޔާ ހިލާފަށް އަލިވެފައި ހުރުމުން، އެއީ ވަކިން އެޑިޓްކޮށްފައިވާ މަންޒަރެއްކަން ވަރަށް ބޮޑަށް ހާމަވެއެވެ.
މީގެ އިތުރުން، މި ވީޑިއޯގައި ނަތަންޔާހޫ ވާހަކަދައްކަމުންދާއިރު، އެ ބައްދަލުވުމުގައި ތިބި އެހެން އެއްވެސް މީހަކު އޭނާއަށް ސަމާލުކަން ނުދޭކަން ފާހަގަކުރެވެއެވެ. އެ މީހުންގެ ހަރަކާތްތަކުން އެތަނުގައި މީހަކު އިނދެގެން ވާހަކަދައްކާހެންވެސް ހީނުވާ ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ. މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ "ޑީޕް ފޭކް" ވީޑިއޯއެއް ކަމަށް ބެލެވޭ ހެކިތައް މިވަނީ ފެންނާށެވެ.
ވީޑިއޯގައި ހުރި ފާހަގަކުރެވޭ އެންމެ ބޮޑު އެއް މައްސަލައަކީ، ނަތަންޔާހޫ ވާހަކަ ދައްކަ ދައްކާ ހުއްޓާ އޭނާގެ އިނގިލީގައި އަޅާފައިވާ އަނގޮޓި ކުއްލިއަކަށް ފެންނަން ފެށުމެވެ. ވީޑިއޯގެ ކުރީކޮޅު އޭނާގެ އަތުގައި އަނގޮޓިއެއް ނެތް ނަމަވެސް، އިރުކޮޅަކުން އަނގޮޓި އަޅައިގެން ހުންނަ މަންޒަރު ފެނުމަކީ މިއީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޭކް ވީޑިއޯއެއްކަން ކަށަވަރުކޮށްދޭ އިތުރު ހެއްކެކެވެ.
ދުނިޔޭގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިޒްރޭލުން މިފަދަ އޮޅުވާލުންތައް އާންމުކުރަމުން ދަނީ ނަތަންޔާހޫ މަރުވެފައިވާކަން ފޮރުވުމަށެވެ. މިއީ އޭނާ މަރުވެފައިވާ ކަމަށް ބާރުދޭ އިތުރު ހެއްކެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މިދިޔަ ދުވަސްތަކުގައި އިރާނުން ދިން ވަރުގަދަ ހަމަލާއަށްފަހު ނަތަންޔާހޫ އާންމުންގެ ތެރެއަށް ނުކުމެ އުޅޭ މަންޒަރު ފެނިފައިނުވާއިރު، އިޒްރޭލުން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އޭނާ ދިރިހުރިކަން ދެއްކުމަށް ކުރާ މަސައްކަތްތައް މިވަނީ ފެނަށް ގޮސްފައެވެ. މި ވީޑިއޯ ފަޅާއެރުމާއެކު، އިޒްރޭލުގެ ސަރުކާރުން ބައިނަލްއަގުވާމީ މުޖުތަމައަށް ހަގީގަތް އޮޅުވާލުމަށް ކުރާ މަސައްކަތްތަކަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.










