March 16, 2026
Advertisement
-
- / ތޭރަ އޮންލައިން

ފީފާއިން ސަހްޔޫނީން ބޭން ކުރަން ގޮވާލާ ބޯޑްތައް ހިފައިގެން ތިބި މީހުން ދަނޑުން ބޭރު ކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 24, 2025, 10:25 PM
މާލެ ސިޓީ

ފީފާއިން ސަހްޔޫނީން ބޭން ކުރަން ގޮވާލާ ބޯޑްތައް ހިފައިގެން ތިބި މީހިން ދަނޑުން ބޭރު ކުރަން ފަށައިފިއެވެ.

Advertisement

ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ވަޑައިގަތުމާއި ގުޅިގެން އިންފަންޓީނޯ އާއި ރައީސް މުއިއްޒު ހިމެނޭހެން މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅެމުންދާ ފުޓްބޯޅަ މެޗުގައި ފަލަސްތީނުގެ ދިދަ ވިހުރުވާލާ ފީފާއިން ސަހްޔޫނީން ބޭން ކުރުމަށް ދިވެހިން އަންނަނީ ގޮވަމުންނެވެ.

މިފަދައިން ގޮވަމުން އަންނަ ބައެއް މީހުން ފުލުހުންގެ ބާރުގެ ބޭނުންކޮށްގެން އަންނަނީ ގަލޮޅު ދަނޑުން ނެރެމުންނެވެ.

މަންޒަރު ފެންނަ ގޮތުގައި “ފީފާ އިން އިޒްރޭލް ބޭން” ޖަހާފައިވަާ ޕޯސްޓަރުތަކާއި ބެނާތައް ދިވެހިން އަންނަނީ ބޭނުންކުރަމުންނެވެ. އަދި ގިނަ އަދަދެއްގެ ފަލަސްތީނުގެ ދިދަތައްވެސް ދަނޑުތެރެއިން ފެނިގެންދެއެވެ.

ދިވެހި ސަރުކާރުން މިއަދު ދައްކުވައިދެނީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގެ ސަރުކާރުން ސްޓޭޑިއަމް ތެރެއިން ދައްކުވައިދިން މަންޒަރެއް ނޫނެވެ. ސުލްހަވެރިކަމާއިއެކު ގިނަ ދިވެހިންގެ އަޑު ސަޕޯޓަރުން ފީފާގެ ރައީސަށް ދައްކުވައިދޭން ކުރި މަސައްކަތަށް ސަރުކާރުން މިވަނީ ހުރަސްއަޅާފައެވެ.

ފީފާގެ ލިސްޓުން ސަހްޔޫނީން ބޭން ކުރުމަށް ވަރަށް ގިނަ ގައުމުތަކުންވެސް އަންނަނީ ގޮވާލަމުންނެވެ.

ދިވެހިން ދިވެހީންގެ އަމިއްލަ ފަސްގަނޑުގައި ދިވެހީންގެ ޚިޔާލާއި ފިކުރު ފާޅުކުރުމުގެ މިނިވަންކަންވެސް އަދުގެ ސަރުކާރުން މިވަނީ ނަގާލާފައެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ސަރުކާރުން އެކި ޕްލެޓްފޯމްތަކުގައި އެދައްކަނީ މާނައެއް ނެތް ވާހަކަތަކެއްކަން މިއަދު ސަރުކާރުން ސާބިތުކޮށްދީފިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved