March 15, 2026
Advertisement
އިހުސާން އަބްދުލް ގަނީ (ސާންތި)
އިހުސާން އަބްދުލް ގަނީ (ސާންތި) / މިހާރު

ފުޓުބޯޅަ ކޯޗު ސާންތި ނިޔާވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 23, 2025, 05:29 AM
މާލެ ސިޓީ

މަޝްހޫރު ފުޓުބޯޅަ ކޯޗު އިހްސާން އަބްދުލްޣަނީ (ސާންތި) މިރޭ ނިޔާވެއްޖެ އެވެ.

Advertisement

ރާއްޖޭގައި ފުޓުބޯޅަ ކުރިއަރުވައި ކުޅުންތެރިން އުފެއްދުމުގައި ބުރަ މަސައްކަތްތަކެއް ކުރަމުން އައި ސާންތީ، ކިޑްނީ އާއި ކެންސަރަށް ފަރުވާ ހޯދަމުން އަންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭނާ ނިޔާވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

ސާންތީއަކީ ދިވެހި ފުޓްބޯޅައިގެ އަގު ނުކުރެވޭނެ ފަދަ ހިދުމަތްތެރިއެކެވެ. ސާންތީއަކީ ފުޓްބޯޅައިގެ އިތުރުން ކުޅިވަރު ހިންގުމުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ނަމެކެވެ. މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަންވެސް ސާންތީ ކުރިން ކުރައްވާފައިވެ އެވެ.

ސާންތި އަކީ ގައުމީ ކުޅިވަރު މަޖިލީހުގެ ވެސް ކުރީގެ މެންބަރެކެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިޔަ ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަންގެ ރޯލުވެސް ކުރިން ސާންތީ އަދާކުރިއެވެ. ސާންތީ ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑައިރެކްޓަރުކަން ވެސް ކޮށްފަ އެވެ.

އެންމެ ފަހުން ސާންތި ފެނިފައިވަނީ މީގެ ދެ އަހަރެއްހައި ދުވަސްކުރިން ކްލަބް އީގަލްސްގެ ކޯޗުގެ ގޮތުގަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved