March 16, 2026
Advertisement
މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)
މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) / ސޯޝަލް މީޑިއާ

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ބަކާ ނިޔާވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Jun 26, 2024, 12:23 AM
މާލެ ސިޓީ

ގައުމީ ފުޓްބޯޅަ ޓީމުގައި ކުރިން ކުޅުނު މަޝްހޫރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ދެރަވެ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

Advertisement

ބަކާގެ ހާލު ކުއްލިއަކަށް ސީރިއަސްވެފައި ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މާލެ އައި ފަހުންކަމަށް މައުލޫމާތު ލިބެއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ބަކާ ސައުދީ އަށް ދިޔައީ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުންކަން ފާހަގަކޮށްލެވެއެވެ.


ބަކާގެ ހާލު ގޯސްވީ ވަރަށް ބޮޑަށް ހުން އައިސް ވަރުދެރަވެގެން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭޑީކޭގައި އޭނާއަށް ފަރުވާދެމުން ގެންދިޔައީ ވެންޓިލޭޓަރުގެ އެހީގައިއެވެ.

ބަކާއަކީ ރާއްޖެ އާއި ސްރީލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved