March 16, 2026
Advertisement
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓީގެ މަގާމަށް ނާހިލް
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓީގެ މަގާމަށް ނާހިލް / ފޭސްބުކް

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓީގެ މަގާމަށް ނާހިލް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 12, 2024, 07:37 PM
މާލެ ސިޓީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމް) އާ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ނާހިލް އަހުމަދު ސިއްދީގު އައްޔަންކުރަން ނޯމަލައިޒިން ކޮމިޓީން ނިންމައިފިއެވެ.

Advertisement

ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމު އަދާކުރަމުން ދިޔަ އުމުރުން 24 އަހަރުގެ ނާހިލް ވަނީ މީގެ ކުރިން އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިިޕާޓުމެންޓުގައިވެސް މަސައްކަތް ކޮށްފައެވެ. އެފްއޭއެމްގެ މަސައްކަތަށް ނާހިލް ރަސްމީކޮށް ނިކުންނާނީ އަންނަ ހަފްތާގައެވެ.

ނާހިލް، އެފްއޭއެމްގެ ވަޒީފާއިން މިއަހަރުގެ ފެބްރުއަރީ މަހު ވަކިވި އިރު އޭނާ ހުންނެވީ ކޮމްޕްޓީޝަން ޑިޕާޓްމެންޓްގެ އެކްޓިން ހެޑްގެ ގޮތުގައެވެ.

ނާހިލް މީގެކުރިން ވަނީ 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށާއި މާޒިއާ ސްޕޯޓްސްގެ ޔޫތު ޓީމަށްވެސް ކުޅެފައެވެ.

އޭނަ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރަން ނޯމަލައިޒިން ކޮމިޓީން ނިންމީ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ވަނަވަރާއި ތައުލީމީ ތަޖުރިބާ އަދި އިންޓަވިއު އަށް ބެލުމަށްފަހު ކަމަށް އެ ކޮމިޓީން ބުންޏެވެ. ނާހިލް އަކީ ވެސްޓް އޮފް އިންގްލެންޑް ޔުނިވަސިޓީގެ ބިޒްނަސް މެނޭޖްމެންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޑިގްރީވެސް ހާސިލުކޮށްފައިވާ ޒުވާނެކެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އެންމެ ފަހުން އަދާކުރީ ޖައުޝަން ޝަރީފެވެ.

އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ޖައުޝަން ހަމަޖެއްސެވީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved