April 17, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދޮށީ ދަރިކަލުން އަދި އެމަނިކުފާނަށް ތާއިދު ކުރައްވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައި ކޯޓް
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދޮށީ ދަރިކަލުން އަދި އެމަނިކުފާނަށް ތާއިދު ކުރައްވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައި ކޯޓް / ޝާވިން | ތޭރަ އިމޭޖްސް

ރައީސް ޔާމީންގެ މައްސަލަ ލަސްވާ ސަބަބެއް ހައި ކޯޓަކަށް ހާމައެއް ނުކުރެވުނު

Aishath Naja
އައިޝަތު ނަޖާ
Jan 10, 2024, 09:16 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލް ނުކުރެވި ލަސްވަމުންދާ ސަބަބު ހައި ކޯޓުން ހާމަކޮށްދެއްވާފައި ނުވާކަމަށް ރައީސް ޔާމީންގެ ޕާޓީ އުފެއްދުމައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައިވަނީ ބުދަ ދުވަހު ހައި ކޯޓަށް ވަޑައިގަތުމަށްފަހު ޗެނަލް 13 އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މަލީހް ވިދާޅުވީ ހައި ކޯޓުން އެބޭފުޅުންނަށް ދެއްވީ ވަރަށް ވެސް ނޭދެވޭ ޖަވާބެއް ކަމަށާއި އެ ޖަވާބުގެ ސަބަބުން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ.

"ދިވެހިރާއްޖޭގެ ހައި ކޯޓަކަށް ނޭނގޭ މި މައްސަލަ ތާވަލް ވެގެން ދާނެ ދުވަހެއް..ކޮން އިރަކު ކަމެއް ތާވަލް ވެގެންދާނީ..މި މައްސަލަ އަވަސް ކުރާނެ ގޮތަކާމެދު އަޅާނެ ފިޔަވަޅެއްވެސް ނުވަތަ މައްސަލަ އަވަސްކުރުމަށްޓަކައި ކުރައްވާނެ ކަމެއްގެ މާ ބޮޑު ތަފްޞީލެއްވެސް އެބޭފުޅުންނަކަށް ނުދެވުނު" މަލީހް ވިދާޅުވިއެވެ.

އިތުރަށް މަލީހް ވިދަޅުވީ ރައީސް ޔާމީންގެ މައްސަލަ ވީއެންމެ އަވަހަކަށް ތާވަލް ކުރުމަށް ގޮވާލުމުގައި ދެމިހުންނަވާނެކަމަށެވެ، މި މައްސަލަ ލަސްވަމުންދާ ސަބަބު ބަލާ މައްސަލަ އަށް ޖުޑީޝަލް ކޮމިޝަން ސާވިސް (ޖޭއެސްސީ)ން ވެސް ޚާއްސަ އަަހަމިއްޔަތުކަމެއް ދޭން ޖެހޭ ކަމަށްވެސް މަލީހް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީންގެ މައްސަލަ ލަސްވަމުންދާތީވެ ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން އަދި އެމަނިކުފާނަށް ތާއިދު ކުރައްވާ ގިނަ ފަރާތްތަކުން ވަނީ މި ހަފްތާގެ އާދިއްތަ ދުވަހުވެސް ހައި ކޯޓަށް ވަޑައިގެންފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved