
ގައުމުގެ ހިންގުން އޮޅުބޮޅުން ގަނޑެއްގެ ތެރޭގައި އޮތް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެޗްޑީސީގެ ވެރިންނަށް އޮޅިގެން 200 އެއްހާ މުވައްޒަފުންނަށް އިތުރަށް ދެވުނު ބޯނަސް، އޭގެ ހަ މަސް ދުވަސް ފަހުން އަތުލަން މަސައްކަތް ފަށާފާއިވާތީ އެކަމަށް އިޝާރާތްކުރައްވާ މަލީހު ވަނީ ސަރުކާރުަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މަލީހު އެކަން ސިފަކުރެއްވީ ކައުންސިލް އިންތިހާބާ ދިމާކޮށް ދިން ރިޝްވަތު އަނބުރާ ހޯދުމުގެ ގޮތުގައެވެ.
މަލީހު ވަނީ ސަރުކާރުން ހިންގަމުން ގެންދާ އެފަދަ ކަންކަމުގެ ސަބަބުން ދައުލަތުގެ ހިނގުން އޮޅުން ސުވާއްޔަކަށްވެ މުޅި ނިޒާމު ގަނޑުބަނޑުވެފައިވާ ކަމަށްވެސް ވިިދާޅުވެފައެވެ.










