
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ މާޒީގެ ދުވަސްތައް އިޔާދަކުރަމުން ކަމަށް ވިދާޅުވެ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަފު މަލީހު ޖަމާލުގެ ނުރުހުމާ ފާޑުކިޔުން ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.
އެމްޑީޕީއިން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަމުންދާ ފަރާތްތަކާ އަދި ކޯޓުތަކުގައި ދައުވާ އުފުލާފައިވާ ތިބި އެމްޑީޕީ މީހުން ކޯޓަށާ ފުލުހަށް ހާޒިރުކުރަން ފަށާފައިވާއިރު، އެކަމަށް އިޝާރާތްކުރައްވާ މަލީހު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
އެ ޕޯސްޓުގައި މަލީހު ވަނީ، މުޒާހަރާ ކޮށްގެން ޖަލަށްލުމަކީ މާޒީގައި ވެތުވެ ދިޔަ ދުވަސްތަކެއް، އަނބުރާ އަމިއްލަ އަތުން ގެނައުން ކަމަށާ ނަމަވެސް އެއީ އެތައް ބައެއްގެ ބުރަ މަސައްކަތުން ގެނެސްދިނ ފެހި ގަނޫނީ އަސާސީ ބޭނުންވާ ގޮތް ނޫން ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
އެފަދަ ކަންކަމަކީ ގައުމު ފަހަތަށް ގެންދިއުމުގެ ގޮތުން ކުރާކަންކަމުގެ ގޮތުގައި ސިފަކޮށް މަލިހު ވަނީ އެފަދަ ކަންކަން ހުއްޓާލުމަށް ވެސް ގޮވަލާފައެވެ.










