June 18, 2026
Advertisement
ޕީޕީއެމް ފިކުރު ގައުމުން އޮޔާދިޔުމަކީ އިޔާދަ ނުކުރެވޭނެވަރުގެ ގެއްލުމެއް: މަލީހު
ޕީޕީއެމް ފިކުރު ގައުމުން އޮޔާދިޔުމަކީ އިޔާދަ ނުކުރެވޭނެވަރުގެ ގެއްލުމެއް: މަލީހު / ސޯޝަލް މީޑިއާ

ޕީޕީއެމް ފިކުރު ގައުމުން އޮޔާދިޔުމަކީ އިޔާދަ ނުކުރެވޭނެވަރުގެ ގެއްލުމެއް: މަލީހު

Jun 18, 2026, 05:09 PM
މާލެ ސިޓީ

ޕީޕީއެމް ފިކުރު ގައުމުން އޮޔާދިޔުމަކީ އިޔާދަ ނުކުރެވޭނެވަރުގެ ގެއްލުމެއް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވަނީ ގައުމީ ފިކުރަކީ ޕީޕީއެމް ފިކުރު ކަމަށާ ނަމަވެސް ރައީސް މުހައްމަދު މުއިއްޒުގެ ދެއުޅިއެއް ނުވާ ސިޔާސަތުތަކުގެ ސަބަބުން އެ ފިކުރާ މެދު ރައްޔިތުންގެ ހިތުގައި އޮތް އިތުބާރާ ޔަގީންކަން ފަނޑުވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ގައުމީ ފިކުރުގެ އެންމެ މުހިއްމު އެއް ބަހާކަމުގައިވާ ޕީޕިއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނަވާ އަމިއްލަ އެދުން އިސްކުރައްވާ އެ ޕާޓީ ވުޖޫދުން ފޮހެލީކަން ހަނދާނަށް ގެންނަވާ މަލީހު ވިދާޅުވެފައިވަނީ، ޕީޕީއެމްގެ ފިކުރު އޮޔާދިޔައީ ރައީސް މުއިއްޒުގެ ކަންފުޅެއް ނެތުމުން ކަމަށެވެ.

ނަމަވެސް އެ ފިކުރު އޮޔާދިއުމަކީ ގައުމަށް އިޔާދަ ނުކުރެވޭނެވަރުގެ ގެއްލުން ލިބިގެންދާނެކަމެއްގެ ގޮތުގައި ފާހަގަކުރައްވާ މަލީހު ވަނީ އެކަމުގެ ހައްލަކީ ރައީސް މުއިއްޒު މަގާމުން ދުރުކުރުން ކަމަށް ވިދާޅުވެފައެވެ. އަދި ވަކި ފަރުދަކަށްވުރެ ގައުމު ބޮޑުވާނެ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved