June 22, 2026
Advertisement
އެޗްޑީސީގެ ފުރިހަމަ ތަހުގީގެއްކޮށްފިނަމަ، ރައްޔިތުން ވެރިންނަށް މައާފުނުކުރާނެ: މަލީހު
އެޗްޑީސީގެ ފުރިހަމަ ތަހުގީގެއްކޮށްފިނަމަ، ރައްޔިތުން ވެރިންނަށް މައާފުނުކުރާނެ: މަލީހު / ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން

އެޗްޑީސީގެ ފުރިހަމަ ތަހުގީގެއްކޮށްފިނަމަ، ރައްޔިތުން ވެރިންނަށް މައާފުނުކުރާނެ: މަލީހު

Jun 21, 2026, 04:41 PM
މާލެ ސިޓީ

ހައުސިން ޑިވޮލޮޕްމަންޓު އޮތޯރިޓީ (އެޗްޑީސީ)ގެ ފުރިހަމަ ތަހުގީގެއް ހިންގައިފި ނަމަ ރައްޔިތުން އެތަނުގެ ވެރިންނަށް މައާފު ނުކުރާނެވަރުގެ ނަތީޖާއެއް ފެންނާން ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވީ، އެޗްޑީސީއިން ބިންތައް ބަހަމުން ދަނީ ދައުލަތެއް ފެއިލްވާނެ ހާ ވެސް ބޮޑު މިންވަރަކަށް ކަމަށާ އެޗްޑީސީގެ ފުރިހަމަ އޮޑިޓެއް ހަދައިފިނަމަ ދިވެހި ރައްޔިތުން އެ ތަނުގެ ވެރިންނަށް ،ައާފު ނުކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ކޮމާޝަލް ޔުނިތޫތައްވެސް ހުޅުމާލޭގެ އެކި ދިމަދިޟާއިން ދެމުން ގެންދަނީ ވެރިން ހިތުހުރި ގޮތަކަށްކަމަށް ތުހުމަތު ކުރައްވާ މަލީހު ވިދާޅުވެފައިވަނީ، ކުޑަ ސީއެސްއާރު ކޮމްޕޯނަންޓެއް ނެގުމަށް ފަހު ދޫކުރަނީ އެއާ ނުބައްދަލު ބޮޑެތި ބިންތައް ކަމަށެވެ. އަދި އެއީ ކުރިއަށް އަންނަން އޮތް ޖީލުތަކުން ސަރުކާރުންގެ ވެރިން ކުރާ ވައްކަމުގެ ގޮތުގައި ވެސް މަލީހު ވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved