June 20, 2026
Advertisement
ޕީއެންސީ ތެރޭގައި އަދުރޭގެ ސަފުތައް ރުކުރުވާލަން ފަށައިފި: މަލީހު
ޕީއެންސީ ތެރޭގައި އަދުރޭގެ ސަފުތައް ރުކުރުވާލަން ފަށައިފި: މަލީހު / ރައީސް އޮފިސް

ޕީއެންސީ ތެރޭގައި އަދުރޭގެ ސަފުތައް ރުކުރުވާލަން ފަށައިފި: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Jun 20, 2026, 01:49 PM
މާލެ ސިޓީ

ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލަް ކޮންގްރެސް (ޕީއެންސީ) ތެރެއަށް އެ ޕާޓީގެ ޗެއަރޕާސަން އަބްދުއްރަހީމު އަބްދުﷲގެ ބާރުވެރިކަން އިތުރުކުރުމުގެ މަސައްކަތް އޭނާ ފަށާފައިވާ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދަ ތުހުމަތުތަކެއް އަމާޒުކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވީ، ޕިއެންސީ ތެރޭގައި ފެކްޝަންތައް އުފެދި މިހާރު އެޕާޓީ ބައިބައިވެފައިވާ ކަމަށާ މަޖިލިސް ރައީސް، އަބްދުއްރަހީމު ވެސް ގެންދަވަނީ ޕާޓީ ތެރޭގައި އޭނާގެ ބަސް ވިއްކުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އެގޮތުން 2028 ގެ ރިޔާސީ ޓިކެޓުން ރައީސް މުހައްމަދު މުއިއްޒު އެކަހެރިކޮށް ޓިކެޓު ޖަހައިގަތުމުގެ މަކަރުވެރި ނިޔަތުގައި ބޮޑެތި ހީލަތްތެރި ރޭވުން އަބްދުއްރަހީމު ރާވަމުން ގެންދަވާކަމަށް ތުހުމަތު ކުރައްވާ މަލީހު ވިދާޅުވެފައިވަނީ، ރައީސް މުއިއްޒާ އެންމެ ގާތުގައި ހުރި ޕީޖީ ލީޑަރު އިބްރާޙިމު ފަލާހުވެސް މިހާރު ފެއަށް ޖައްސާފައިވާ ކަމަށާ އެއީ ވެސް އަބްދުއްރަހީމުގެ ރޭވުމެއް ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ޕީއެންސީގެ ކޮންގްރެސްއާ ދިމާކޮށް ގިނަ ބަޔަކު އެ ޕާޓީއަށް ވައްދަމުންދާ ކަމަށާ އޭގެ ތެެރއިން އެކި މީހުން ޕާޓީ ތެރެއަށް ގަދަކުރުމުގެ މަސައްކަތްކުރާ ކަމުގެ އަޑުތައް ގަދަވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved