March 22, 2026
Advertisement
..
.. / ސޯޝަލް މީޑިއާ

ޔަމުނާ ކޯރު ސާފުކުރިކަމަށް ބުނެ އާޓިފިޝަލް ލޭކެއް ހަދައިގެން އޮޅުވާލިކަން ފަޅައަރައިފި

Yana Shareef
ޔާނާ ޝަރީފް
Nov 2, 2025, 01:47 AM

ހިންދޫއިންގެ އަޅުކަމެއްކުރުމަށް ޔަމުނާ ކޯރު ސާފުކުރިކަމަށް މޯދީގެ ބީޖޭޕީ ސަރުކާރުން ދައްކައިިފިއެވެ.

Advertisement

ޔަމުނާ ކޯރު ސާފުކުރިކަމަށް މޯދީ ސަރުކާރުން ބުނި ނަމަވެސް އެ މީހުން ވަނީ ގަންގާ ކޯރުން ފެން ނަގައިން ގެނެސް އާޓިފިޝަލް ކޯރެއް ހަދާފައެވެ.

އެތަނަށް މޯދީ އެރުމަށް އެތަން އެގޮތަށް ހެދީ އިންޑިއާގެ ރައްޔިތުން އެރޭ ޔަމުނާ ކޯރު ސާފުކުރަން ކަމަކަށް ވެގެންނެވެ. މޯދީ އާޓިފިޝަލް ކޯރަށް އެރުނުއިރު އާދައިގެ ނިކަމެތި ރައްޔިތު މީހާ ޖެހުނީ ޕޮލިއުޓެޑް ކޯރުގެ ބަޔަށް އެރެންށެވެ.

ދިއްލީގެ ފެނުގެ މިނިސްޓަރ ޕަރްވޭޝް ވަރްމާ އެއް އިރެއްގައި ޔަމުނާ ކޯރަށް އެޅި ޑީފޯމަރަކީ ޒަހަރުކަމަށްބުނެ ހަމަނުޖެހުން ހިންގިއިރު މިއަދު އޭނާ ވެސް އަންނަނީ ޔަމުނާއަށް ހަމަ އެ ޑީފޯމަރު އަޅަމުންނެވެ.

މޯދީގެ ބީޖޭޕީ ސަރުކާރުން ކުރިން އިދިކޮޅު ފަރާތްތަކަށް ފާޑުކިޔާފަ މިއަދު އެކަންކަން ކުރާތީ ގިނަ ބަޔަކު އެމީހުންނަށް އަންނަނީ އެއްްޗެހި ކިޔަމުންނެވެ.

ޔަމުނާ ކޯރަކީ އިންޑިއާގެ ބޮޑު އެއް ކޯރަށްވާއިރު އެތަން ސާފުކުރުމަށް މޯދީ ސަރުކާރުން އެއްވެސް ވަރަަކަށް އަހައްމިޔަތުކަމެއްް ނުދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved