
އިޒްރޭލާއި އެމެރިކާއިން އިރާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އިރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާއި ގުޅިގެން އިންޑިއާގެ ޓޭންކަރުތައް ތާށިވެ، މާލީ ހީނަރުކަމެއް އިންޑިއާއަށް ކުރިމަތިވުމާއި އެކު ޗައިނީޒް ޔުއާން އިން މޯދީ ތެލަށް ފައިސާ ދައްކައިފިއެވެ.
މި ކަމާއި ގުޅިގެން މުޅި ދުނިޔޭގެ ކުރިމަތީގައި އިންޑިއާގެ ނުފޫޒު ކުޑަވެ، މޯދީގެ ސިޔާސަތުތައް ފެއިލްވެފައިވާކަން ވަނީ ހާމަވެގެން ގޮސްފައެވެ.
ސަރަހައްދީ ދާދާ ކަމަށް ހެދިގެން އުޅޭ މޯދީ، އިރާނުގެ މި ހަރުކަށި ނިންމުމާއެކު ޖެހުނީ ކުޑަކަކޫ ޖަހާށެވެ. މިކަމުގެ ސަބަބުން އިންޑިއާއިން އަބަދުވެސް ވާދަވެރިއެއްގެ ގޮތުގައި ދެކޭ ޗައިނާގެ ފައިސާ ބޭނުންކުރަން މަޖުބޫރުވުމަކީ މޯދީގެ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެކެވެ.
މީގެ އިތުރުން، އިޒްރޭލަކީ ދުނިޔޭގެ "ފާދަލޭންޑް" ކަމަށް ސިފަކޮށް، މޯދީ ދެއްވި މޮޅެތި ތަގުރީރުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާ ވަނީ ބޮޑު ލަދަކާ ކުރިމަތިލާން ޖެހިފައެވެ. އިޒްރޭލުގެ ލާނުސާނީ އަމަލުތަކަށް ތާއީދުކޮށް ވާހަކަދެއްކުމަށްފަހު، މިއަދު އިރާނުގެ ކުރިމަތީގައި އިންޑިއާގެ އިގްތިސާދީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެހެން ގައުމެއްގެ ފައިސާ ބޭނުންކުރަން ޖެހުމަކީ މޯދީގެ ޚާރިޖީ ސިޔާސަތުގެ ބާރެއް ނެތް ކަމުގެ ހެއްކެކެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ، މޯދީއަކީ ހަމައެކަނި ދެއްކުންތެރި ވާހަކަތަކެއް ދައްކާ ބޭފުޅެއް ކަމަށާއި، ހަގީގީ ބާރުވެރިކަމެއް އޭނާގެ ނެތްކަން މިކަމުން ސާފުވެއްޖެ ކަމަށެވެ. އިރާނުން މި އެޅި ފިޔަވަޅަކީ އިންޑިއާގެ "ބޮޑާކަމާއި ކިބުރުވެރިކަމަށް" ދިން ވަރުގަދަ ރައްދެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.










