April 24, 2026
Advertisement
-
- / އިންޑިޔާ ޓުޑޭ

ވެނެޒުއޭލާގެ ރައީސް ރަހީނުކޮށްގެން އެމެރިކާއަށް ގެންދަން އުޅުނު ކަން ފަޅާ އަރައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 2, 2025, 08:47 PM
މާލެ ސިޓީ

އެމެރިކާއިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ވެރިކަމުން ދުރުކޮށް ރަހީނުކޮށްގެން އެމެރިކާއަށް ގެންދަން އުޅުނު ކަމަށް ބުނެ ތުހުމަތުތަކެއް ފެތުރިއްޖެ އެވެ.

Advertisement

އެލެކްސް ބާނިކޯޓް ކިޔާ ފަރާތަކުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ ވެނެޒުއެލާގެ ލީޑަރު ހައްޔަރުކޮށް މަގާމުން ދުރުކުރުމަށް އެމެރިކާއިން ކުރި ފުރަތަމަ މަސައްކަތް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

މިކަމުން އަނެއްކާވެސް އެނގިގެންދަނީ އެމެރިކާއިން އެހެން ޤައުމުތަކުގެ ސިޔާސަތު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންދާ ކަމެވެ. އެމެރިކާއިން އަބަދުވެސް މަސައްކަތް ކުރަނީ ދުނިޔޭގެ ރަސްކަމަކީ އެމެރިކާ ފަދައިން އަމަލުކުރަން ކަމަށާއި، އެމީހުން މަސައްކަތް ކުރަނީ ލެޓިން އެމެރިކާގައި އަމިއްލަ ބާރު ކުރިއަށް ގެންދިއުމަށް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން ދެއެވެ.

ވެނެޒުއެލާގެ ރައްޔިތުންވެސް އެމެރިކާއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. މިގޮތުން އެ ގައުމުގައި ވެރިކަން ކުރަންވީ ކާކުތޯ ނިންމުމުގެ ހައްގެއް އެމެރިކާއަށް ނޯންނާނެ ކަމަށާއި މި ބާވަތުގެ ބޭރުގެ ތަދައްޚުލުވުމަކީ މި ސަރަޙައްދުގައި އިތުރު ހަމަނުޖެހުންތަކާއި ފިތުނަވެރިކަން އުފެދިދާނެ ކަމެއް ގޮތުގައި އެމީހުން ސިފަކުރެއެވެ. ވެނެޒުއޭލާގެ އިތުރުން އެހެން ގައުމުތަކުގެ ރައްޔިތުން ބުނާ ގޮތުގައި އެމެރިކާއިން އެހެން ގައުމުތަކުގެ މުސްތަގުބަލާ ކުޅުން ހުއްޓާލަން ޖެހެ އެވެ.

ވެނެޒުއޭލާއިން އަންނަނީ ސަހްޔޫނީން ޣައްޒާގައި ހިންގަމުންދިޔަ ގަތުލުއާންމާއި ގުޅިގެން ސަހްޔޫނީ ބޮޑު ވަޒީރަށާއި އެމީހުންނަށް ވާގިވެރިވާ ގައުމުތަކަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved