March 17, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ހަނގުރާމައިގެ ރިޕޯޓްތަކާ ގުޅިގެން ނޫސްވެރިންނަށް މަރުގެ އަދަބު ދިނުމަށް ޓްރަމްޕް ގޮވާލައިފި

Yana Shareef
ޔާނާ ޝަރީފް
Mar 16, 2026, 09:27 PM

އީރާނާއެކު އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ހަބަރުތައް ނުރަނގަޅު ގޮތުގައި ފަތުރާ ނޫސްވެރިންނަށް މަރުގެ އަދަބު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައިފިއެވެ.

Advertisement

އުމުރުން 79 އަހަރުގެ މުސްކުޅި މޮޔަ ޓްރަމްޕް، އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރޫތް ސޯޝަލް" ގައި ކުރި ޕޯސްޓެއްގައި އީރާނަށާއި އެމެރިކާގެ ފޭކް ނިއުސް މީޑިއާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ޓްރަމްޕް ތުހުމަތު ކުރި ގޮތުގައި އީރާނުން ދަނީ އޭއައި ބޭނުންކޮށްގެން ދޮގު މައުލޫމާތު ފަތުރަމުންނެވެ. އޭގެ ތެރޭގައި ކަނޑުމަތީގެ އުޅަނދުފަހަރަށް ހަމަލާދޭ ކަމިކާޒޭ ބޯޓުފަހަރު ފެންނަ ފޭކް ވީޑިއޯތައް ހިމެނޭ ކަމަށާއި، އެފަދަ ބޯޓުފަހަރެއް ވުޖޫދުގައި ނެތް ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެމެރިކާގެ ޔޫއެސްއެސް އެބްރަހަމް ލިންކަން މަނަވަރުގައި އަލިފާން ރޯވެފައިވާ މަންޒަރު ދައްކައިދޭ ފޭކް ފޮޓޯތަކެއް މީޑިއާތަކުން ފަތުރަމުންދާ ކަމަށް ބުނެ، ޓްރަމްޕް ވަނީ އެއީ ގައުމަށް ޣައްދާރުވުންގެ ގޮތުގައި ސިފަކޮށްފައެވެ. އެމެރިކާގެ ގާނޫނު ބުނާގޮތުން ގައުމަށް ޣައްދާރުވާ މީހުންނަށް މަރުގެ އަދަބު ނުވަތަ މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އާދެއެވެ.

ވޮޝިންޓަނުން ފްލޮރިޑާއަށް ދިޔުމަށް "އެއާފޯސް ވަން" އަށް އަރަމުން ޓްރަމްޕް ނޫސްވެރިންނާ ވާހަކަދައްކަވަމުން ބުނީ، އީރާނުގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ދެވިފައިވީ ނަމަވެސް، ހަނގުރާމަ ނިމުނުކަން އަދި އިއުލާނު ކުރެވެން ނެތް ކަމަށެވެ. މި ބައްދަލުވުމުގައި ވެސް އޭނާ ވަނީ މީޑިއާތަކުން އޭއައި ބޭނުންކޮށްގެން ހަދާފައިވާ ދޮގު ޚަބަރުތައް ފަތުރާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved