March 21, 2026
Advertisement
,
, / ސޯޝަލް މީޑިއާ

ނަތަންޔާހޫ ލުބުނާނަށް އިންޒާރު ދޭން ފަށައިފި

Yana Shareef
ޔާނާ ޝަރީފް
Nov 3, 2025, 02:06 AM

ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ އިން އަލުން ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް ބުނެ، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ލުބުނާނަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

Advertisement

ނަތަންޔާހޫ ދިން އިންޒާރުގައި ބުނެފައިވަނީ އިސްރާއީލުން "އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު" ބޭނުން ކުރާނެ ކަމަށެވެ.

ނަތަންޔާހޫ ބުނީ ހިޒްބުﷲ ގެ ހަތިޔާރު ނައްތާލުމަށް ފިޔަވަޅުތައް ނާޅާނަމަ އިސްރާއީލުން "އެކަށީގެންވާ ގޮތަށް އަމަލުކުރާނެ" ކަމަށެވެ.

ނޮވެމްބަރު 2024 ގައި ހިޒްބުﷲ އާއި އިސްރާއީލްއާ ދެެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ނަމަވެސް އިސްރާއީލުން ދޭތެރެ ދޭތެރެއިން ލުބުނާނަށް ވައިގެ މަގުން ހަމަލާދެއެވެ. އެ ހަމަލާތަކުގައި ލުބުނާންގެ ބައެއް ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުން ބުނާ ގޮތުގައި އެ ހަމަލާތަކަކީ ހިޒްބުﷲ ގެ މެމްބަރުންނަށް އަމާޒުކޮށްދޭ ހަމަލާތަކެކެވެ.

އިސްރާއީލުން ލުބުނާނަށް ދެން ދޭ ކޮންމެ ހަމަލާއަކަށް ރައްދު ދިނުމަށް އެ ގައުމުގެ ރައީސް ޖޯސެފް އައުން ލުބުނާނުގެ ސިފައިންނަށް ވަނީ އަމުރު ކުރައްވައިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved