March 15, 2026
Advertisement
Netanyahu
Netanyahu / ސޯޝަލް މީޑިއާ

އިޒްރޭލަށް އަމާޒުވި ހަމަލާގެ ތަފްސީލު ދިން އިންޑިއާގެ ނޫސްވެރިޔާ ހައްޔަރުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 15, 2026, 12:40 PM
މާލެ ސިޓީ

އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެއަށް އަމާޒުކޮށް އީރާނުން ދިން ވަރުގަދަ ހަމަލާތަކުގައި، އެ ގެއަށް ލިބުނު ބޮޑެތި ގެއްލުންތަކާއި ނަތަންޔާހޫ މަރުވި ކަމަށް ބުނާ ސަރަހައްދު ދެއްކި އިންޑިއާގެ ނޫސްވެރިޔަކު ހައްޔަރުކޮށްފިއެވެ.

Advertisement

މި ހާދިސާ ހިނގާފައިވަނީ އީރާނުން އިޒްރޭލުގެ ދިފާއީ އައްޑަނަތައް ފޫއަޅުވާލުމަށްފަހު، ނަތަންޔާހޫ ދިރިއުޅޭ ގޭގެ ސީދާ އަމާޒަށް ބާރުގަދަ މިސައިލް ހަމަލާތަކެއް ދިން ދަނޑިވަޅެއްގައެވެ. އިންޑިއާގެ މި ނޫސްވެރިޔާ ހައްޔަރުކޮށްފައިވަނީ، އިޒްރޭލުން ސިއްރުކުރަން އުޅުނު ހަގީގަތްތައް ހާމަކޮށް، ހަލާކުވެފައިވާ އިމާރާތާއި އެ ސަރަހައްދުގެ މަންޒަރުތައް ދުނިޔެއަށް ދެއްކުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ، މިއީ އިޒްރޭލާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން، އިޒްރޭލަށް ލިބޭ ނާކާމިޔާބީތައް ފޮރުވުމަށް ހިންގި ލާދީނީ އަމަލެއް ކަމަށެވެ. އަދި ނަތަންޔާހޫގެ ނަން ކިޔުމަކީވެސް މިހާރު ކުށަކަށް ހަދާފައިވާ ކަމަށާއި، ހަގީގަތް ހާމަކުރާ ނޫސްވެރިންނަށް ބިރުދެއްކުމަކީ ޒަޔަނިސްޓުންގެ ނުފޫޒު އިންޑިއާގެ މައްޗަށް އޮތް މިންވަރު ހާމަވާ ކަމެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އީރާނުގެ މި ހަމަލާއަކީ އެ ގައުމާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ދިން ރައްދެކެވެ. ނަމަވެސް، އިޒްރޭލުގެ އަސްކަރީ ނުކުޅެދުންތެރިކަން ދުނިޔެއަށް ފަޅާއަރާފާނެތީ، އިޒްރޭލުން ދަނީ ނޫސްވެރިންގެ އަގަ ބަންދުކޮށް، ހަގީގީ މައުލޫމާތު ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.

މި ހައްޔަރުކުރުމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ އިންޑިއާގެ ސަރުކާރަށާއި އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، ހަގީގަތް ފޮރުވުމަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް، އިޒްރޭލުގެ ނިރުބަވެރި ދައުލަތް ބަލިކަށިވަމުންދާކަން މިއަދު މުޅި ދުނިޔެއަށް ވަނީ ސާފުވެފައެވެ.

މިއާއިއެކު، މި ހަމަލާގައި ނަތަންޔާހޫ މަރުވެފައިވާ ކަމަށް ބުނާ އަޑުތައްވެސް ދަނީ ގަދަވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved