March 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ނަތަންޔާހޫ މަރުވިކަން ފޮރުވުމަށް އިޒްރޭލުން އޭއައި ވީޑިއޯ ބޭނުންކުރާކަމުގެ ތުހުމަތުތަކެއް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 16, 2026, 12:36 AM
މާލެ ސިޓީ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރުވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރުމުގެ ގޮތުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ފޭކު ވީޑިއޯތަކެއް އިޒްރޭލުން ފަތުރަމުންދާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތަކުން ބުނަން ފަށައިފިއެވެ.

Advertisement

މި މައްސަލަ ފެންމަތިވެފައިވަނީ ދާދި ފަހުން އިރާނުން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާއެއްގައި ނަތަންޔާހޫ މަރުވެފައިވާ ކަމަށް ބުނެ ގިނަ މީޑިއާތަކަކުން ރިޕޯޓްކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް އިޒްރޭލު ސަރުކާރުން ވަނީ އެކަން ސިއްރުކޮށް، ނަތަންޔާހޫ ދުނިޔޭގައި ހުރިކަން ދެއްކުމަށް މަސައްކަތް ކުރަމުންނެވެ.

މިގޮތުން ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ކެފޭއެއްގެ ތެރޭގައި ނަތަންޔާހޫ ބުއިމެއް ހިފައިގެން ހުންނަ މަންޒަރު ފެންނަ މި ވީޑިއޯއަކީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗެއްކަން ދޭހަވާ ގިނަ ކަންތައްތަކެއް ފަންނީ މާހިރުން ވަނީ ފާހަގަކޮށްފައެވެ.

ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި:

މިފަދަ ފަންނީ އުނިކަންތައްތަކަކީ އާާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ވީޑިއޯ އުފައްދާއިރު އާންމުކޮށް ފެންނަ ކަންތައްތަކެވެ. މިކަމާ ގުޅިގެން މުހައްލިލުން ބުނަމުންދަނީ، އިޒްރޭލުން މިފަދަ ވީޑިއޯތައް ފަތުރަނީ އެ ގައުމުގެ އެތެރޭގެ ހަމަޖެހުން ގާއިމުކުރުމަށާއި، ސިފައިންގެ ރޫހު ދަަށްވިޔަ ނުދިނުމަށް ކަމަށެވެ.

އިރާނުގެ ހަމަލާއަށްފަހު ނަތަންޔާހޫ އާންމުންގެ ކުރިމައްޗަށް ނުކުމެ ވަގުތުން ވަގުތަށް ވާހަކަދައްކާފައި ނުވާތީ، އޭނާގެ ހާލަތާމެދު އުފެދިފައިވާ ޝައްކުތައް ވަނީ އިތުރަށް ބޮޑުވެފައެވެ. އިޒްރޭލު ސަރުކާރުން މިހާތަނަށް މި ތުހުމަތުތަކަށް ރަސްމީކޮށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved