March 15, 2026
Advertisement
.
.

ސަހްޔޫނީން ބޭއްވި ސެކިއުރިޓީ ބްރީފިންގައި ނަތަންޔާހޫ ފެންނާކަށް ނެތް

Yana Shareef
ޔާނާ ޝަރީފް
Mar 15, 2026, 05:34 AM

އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ބޭއްވި މުހިންމު ސެކިއުރިޓީ ބްރީފިންއެއްގައި، އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައިވެރިވެފައި ނުވާކަން ހާމަވެއްޖެއެވެ.

Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަޢުލޫމާތުތަކަށް ބަލާއިރު، މި ބައްދަލުވުމަކީ ގައުމުގެ ސަލާމަތީ މަޝްރަޙާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ނިންމުންތަކެއް ނިންމާ ބައްދަލުވުމެކެވެ. ނަމަވެސް، މިފަދަ މުހިންމު ދަނޑިވަޅެއްގައި ނަތަންޔާހޫ މި ބައްދަލުވުމުން ފެންނަން ނެތުމުން، ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ.

މި ބައްދަލުވުމުގައި ނަތަންޔާހޫ ބައިވެރިނުވި ސަބަބެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިކަމާ ގުޅިގެން ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ތަފާތު ސުވާލުތައް އުފައްދަމުންދާއިރު، މިއީ އޭނާގެ މަގާމާއި ނުވަތަ ޞިއްޙީ ހާލަތާ ގުޅުންހުރި ކަމެއްތޯ ބައެއް ފަރާތްތަކުން ދަނީ އޮޅުންފިލުވަން މަސައްކަތް ކުރަމުންނެވެ.

ސަހްޔޫނީ ސަރުކާރުގެ އެތެރޭގެ މަސްރަޙު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އެންމެ އިސްވެރިޔާ ސަލާމަތީ ބައްދަލުވުންތަކުން ގެއްލުމަކީ އާދައިގެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved