theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / އަލްޖަޒީރާ
ހަބަރު
ވެނެޒުއޭލާއަށް އަރައިގަންނާނެ ބަހަނާއެއް ހޯދަން އެމެެރިކާއިން އެ ގައުމުގެ ބޯޓެއް ފައްތާލަން އުޅުނުކަން ފަޅާއަރައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
03 ނޮވެމްބަރު 2025
މާލެ ސިޓީ

ވެނެޒުއޭލާއަށް އަރައިގަންނާނެ ބަހަނާއެއް ހޯދަން އެމެެރިކާއިން އެ ގައުމުގެ ބޯޓެއް ފައްތާލަން އުޅުނުކަން ފަޅާއަރައިފިއެވެ.

ވެނެޒުއޭލާ ކައިރީގައި ބޯޓުތަކެއް ފައްތާލަ ހަމާލާދީފައިވަނީ އެއީ މަސްތުވާތަކެއްޗާއި ގުޅުން ހުރި ބޯޓުތަކެއް ކަމަށް އެމެރިކާއިން ބުނެފައިވެއެވެ. ނަމަވެސް އެއީ އެމެރިކާއިން ވެނެޒުއެލާއަށް ވަދެވޭނެ ތަފާތު ގޮތްތައް ސިއްރުން ހޯދަން މަސައްކަތް ކުރަމުންދާ ކަމުގެ ސިގްނަލެއް ކަމަށާއި އެކަމުގެ ވެނެޒުއޭލާގައި އާއި ކައިރި ސަރަހައްދުގައި ދަނީ އުފެދެމުންނެވެ.

ދޯނިފަހަރުތަކަށް ތަކުރާރުކޮށް ދިން މި ހަމަލާތަކުން ހާމަވާ ގޮތުގައި އެމެރިކާއިން އަންނަނީ މިހާރު ކަނޑުގެ މަގު ބޭނުންކޮށްގެން ޕްރެޝަރު ކޮށް މަޑުމަޑުން ވެނެޒުއެލާގެ ސަރަހައްދާ ކައިރިވަމުންނެވެ.

ވެނެޒުއެލާއިން ވަނީ އެމެރިކާގެ ވާހަކަތައް ހަރުކަށިކޮށް ދޮގުކޮށް، މިއީ މަސްތުވާތަކެއްޗާ ބެހޭ ކަމެއް ނޫން ކަމަށް ބުނެފައެވެ. ވެނެޒުއެލާގެ އޮފިޝަލުން ތުހުމަތު ކުރަނީ އެމެރިކާއިން އެގައުމުގެ އެތެރެއަށް ވަދެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމަށެވެ. އެމީހުން ބުނާ ގޮތުގައި އެމީހުންގެ ބޯޑަރުތައް ކައިރިން ދޯނިތައް އަޑިއަށް ދިއުމަކީ ކުރިއަށް އޮތްތަނުގައި އެމެރިކާއިން ދޭނެ ހަމަލާއަކަށް ތައްޔާރުވަމުންދާ ކަމުގެ ސާފު ނިޝާނެކެވެ.

ބައިނަލްއަޤްވާމީ އޮބްޒާވަރުންނާއި ޤާނޫނީ މާހިރުންވެސް މި މައްސަލަ އާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބުނަނީ އެމެރިކާއިން ބައިނަލްއަގްވާމީ ގާނޫނާ ޚިލާފުވެ އަސްކަރީ ބާރު ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށެވެ.

އެމެރިކާއިން އަންނަނީ ވެނެޒުއޭލާގެ ވެރިކަން ވައްޓާލާ އެމީހުންގެ ބާރު ހިނގާނެ ވެެރިކަމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved