May 5, 2026
Advertisement
ރިޔާސީ  އިންތިޚާބު  2023  އޮބްޒާވްކުރެއްވުމަށް ވަޑައިގެންނެވި ބައިނަލްއަގްވާމީ އޮބްޒާވަރުންގެ  ޕްރެސް  ކޮންފެރެންސެއްގައި
ރިޔާސީ އިންތިޚާބު 2023 އޮބްޒާވްކުރެއްވުމަށް ވަޑައިގެންނެވި ބައިނަލްއަގްވާމީ އޮބްޒާވަރުންގެ ޕްރެސް ކޮންފެރެންސެއްގައި / އިލެކްޝަންސް ކޮމިޝަން

ރިޔާސީި އިންތިހާބުގެ ދެވަނަ ބުރުގައި އެންޓި ކެމްޕެއިންގެ ބައި ބޮޑު: އީޔޫ

Aishath Naja
އައިޝަތު ނަޖާ
Jan 10, 2024, 09:18 PM
މާލެ ސިޓީ

2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކެމްޕެއިން ކުރުމަށް ވުރެ ބޮޑަށް އޮތީ އެންޓި ކެމްޕެއިން ކުރުން ކަމަށް ޔޫރަޕިއަން ޔޫނިއަނުން (އީޔޫ) އިން ބުނެފިއެވެ.


އީޔޫއިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ އަޅާބަލާ އިރު ދެ ވަނަ ބުރުގައި ދެ ފަރާތުން ވެސް ބޮޑަށް އޮތީ، ސިޔާސަތުތަކާއި ވައުދުތަކަށް ވުރެ ބޮޑަށް އެއްބަޔަކު އަނެއް ބަޔަކަށް ދެކޮޅު ކެމްޕެއިން ކުރުން ކަމަށެވެ.


ޔޫރަޕިއަން ޕާލިމަންޓުގެ އޮބްޒާވަރު، އަދި އީޔޫ ވަފްދުގެ ޗީފް އޮބްޒާވަރު ނާޗޯ ސަންޗޭޒް އަމޯޯއާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބަކީ ޓެކްނިކަލް ގޮތުން ވަރަށް ރަނގަޅަށް އަދި ޕްރޮފެޝަނަލްކޮށް ކުރިއަށް ގެންދިޔަ އިންތިހާބެއް ކަމަށެވެ.

ނަމަވެސް ވޯޓު ގަތުމާއި ޕަބްލިކް އޮފީސް އިންސްޓްރުމެންޓަލައިޒޭޝަންގެ އުސޫލުތަކާ، ކެމްޕެއިން ކުރުމުގައި ހަމަހަމަކަމާއި އިންސާފުވެރިކަމަށް އުނިކަން އަންނަ ކަންކަން ހިނގާފައިވާކަން ފާހަގަކުރިއެވެ.

މީގެއިތުރުން ކެމްޕެއިން ހަރަދުތަކާއި މާލީ ހަރަދުތައް ދެފުށް ފެންނަ ނިޒާމަކުން ބަލަހައްޓާފައި ނުވާކަން އީޔޫއިން ވަނީ ފާހަގަކޮށް އެކަން ރަނގަޅު ކުރުމަށް ގޮވާލާފައެވެ.

އިންތިހާބާ ގުޅިގެން 11 ހަފްތާއަށް ކުރިއަށް ގެންދިޔަ އެ އޮބްޒަވޭޝަނުގައި ހޯދި ހޯދުންތަކާއި ލަފާތައް ހިމނައިގެން އީޔޫއިން ނެރުނު ރިޕޯޓުގައިރާއްޖޭގެ މަލްޓި ޕާޓީ ޑިމޮކްރަސީ ހަރުދަނާކޮށް ކުރިއަރުވަން 20 ލަފައެއް ވަނީ ދީފައެވެ.

Advertisement


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved