

މީޑިއާގެ މިނިވަކަމާއި މައުލޫމާތު ހޯދުމުގެ ހައްގު ފުރިހަމައަށް ރައްކާތެރިކުރެވޭނެ ގޮތަށް މީޑިއާ ކޮންޓްރޯލް ގާނޫނު ތަންފީޒު ކުރުމަށް ދިވެހި ސަރުކާރަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ރާއްޖެއަށް ގޮވާލައިފިއެވެ.
އީޔޫއިން މިފަދައިން ގޮވާލާފައިވަނީ، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ރައީސް މުހައްމަދު މުއިއްޒު ރާއްޖޭގެ އެކި ޖަމްއިއްޔާތަކަށާ އަދި ބައިނަލްއަގްވާމީ އެކި ޖަމްއިއްޔާތަކަށްވެސް ގޮން ޖައްސަވާ މީޑިޔާ ރެގިއުލޭޓުކުރުމުގެ ނަމުގައި ގާނޫނެއް ފާސްކުރުމުން ނެރުނު ބަޔާނެއްގައެވެ.
ހުކުރުދުވަހު މިކަމާ ގުޅިގެން ސްރީލަންކާގައި ހުންނަ އީޔޫގެ އޮފީހުން ޝޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވަނީ، ބިލު ފާސްވެގެން އައި ގޮތާއި އެއާ ގުޅޭ ގޮތުން ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް މޮނީޓާކޮށްފައިވާނެ ކަމަށެވެ. އަދި އެ ގާނޫނުގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރާނެ އަސަރު ވެސް ބަލާފައިވާނެ ކަމަށް ބުނެފައިވެއެވެ.
އެގޮތުން އެ ޕޯސްޓުގައި ދިވެހި ސަރުކާރަށް ގޮވާލާފައި ވަނީ، ރާއްޖެއިން އެއްބަސްވެފައިވާ އިންސާނީ ހައްގުތަކާ ގުޅޭ އެއްބަސްވުންތަކަށް އިހްތިރާމްކޮށް، މީޑިއާގެ މިނިވަންކަމާއި ޑިމޮކްރަސީގެ އެއް އަސާސްކަމުގައިވާ މައުލޫމާތު ހޯދުމުގެ ހައްގު ރައްކާތެރި ކުރެވޭނެ ގޮތަށް އެ ގާނޫނު ތަންފީޒު ކުރުމަށެވެ.
The Maldives Parliament passed a new Media and Broadcasting Bill.
— EU in the Maldives (@EU_Maldives) September 19, 2025
Read more 👉 https://t.co/dgyElyUtd2 pic.twitter.com/Sr572d91WH
އީޔޫއިން މިފަދައިން ގޮވާލާފައިވާއިރު، މި ގާނޫނަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފުކަމަށް ބުނެ އދ އިން ވަނީ މި ގާނޫނު އަނބުރާ ގެންދަން ދިވެހި ސަރުކާރަށް ގޮވާލާފައެވެ.