May 2, 2026
Advertisement
.
. / ތޭރަގްރެފިކްސް

ޓީމޫ އާއި ޝީން ފަދަ ސައިޓުތަކަށް ބީއެމްއެލްއިން ޑެއިލީ ބަޖެޓެއް ކަނޑައަޅަނީ

Yana Shareef
ޔާނާ ޝަރީފް
May 2, 2026, 10:20 PM

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ހުރަސްއެޅޭ ގޮތަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުއްލި ގޮތަކަށް އާންމު ރުފިޔާ ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

Advertisement

ގައުމުގެ އިގްތިސާދު މެނޭޖްނުކުރެވި، ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ބޭންކުން މިވަނީ ޓީމޫ އާއި ޝީން ފަދަ އާންމުން އެންމެ ގިނައިން މުދާ ގަންނަ ސައިޓުތަކަށް "ޑެއިލީ ބަޖެޓެއް" ކަނޑައަޅައި، ރައްޔިތުން ބޭނުން އިރަކު ވިޔަފާރި ނުކުރެވޭ ގޮތަށް ކާޑުތައް ތަޅުއަޅުވާފައެވެ. މި ނިންމުމާއެކު، އަމިއްލަ ބޭނުންތަކަށް ހެޔޮ އަގުގައި އެއްޗެހި ގަންނަން ތިބި އެތައް ހާސް ރައްޔިތުންނަކަށް މިވަނީ ބޮޑު ނިިކަމެތިކަމެއް ކުރިމަތިވެފައެވެ.

ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު މި ފިޔަވަޅު ދިފާއުކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް، މިއީ ހަގީގަތުގައި ޑޮލަރުގެ ކްރައިސިސް ހައްލުކުރުމުގައި ސަރުކާރު ނުކުޅެދިފައިވާ މިންވަރު ހާމަވާ ކަމެކެވެ. ޝަރީފް ވިދާޅުވި ގޮތުގައި މި ބަދަލު ގެންނަނީ މަދު ބަޔަކު ގިނަ އަދަދަކަށް ޑޮލަރު ބޭނުންކުރާތީއެވެ. ނަމަވެސް، ދުވާލަކަށް ކަނޑައެޅީ ކިހާ ބަޖެޓެއްކަން ބޭންކަށް ސާފުކޮށްދެވިފައެއް ނުވެއެވެ. މީގެ އިތުރުން، ކޮންމެ ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ކުރެވޭނީ އެންމެ 30 މުއާމަލާތް ކަމަށް ނިންމުމަކީ ޓެކްނޮލޮޖީގެ ޒަމާނުގައި ރައްޔިތުން ފަހަތަށް ސަވާރުކުރުން ފަދަ އަމަލެކެވެ.

މި ނިންމުމުގެ ސަބަބުން ކުދިކުދި އޮންލައިން ވިޔަފާރިތަކުން ދިރިއުޅުން ބިނާކޮށްގެން ތިބި އާއިލާތަކަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެ، މާކެޓުގައި ތަކެތީގެ އަގު އުފުލިގެންދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. "އެހެން ރައްޔިތުންނަށް ދަތިވެދާނެތީ" އަޅާ ފިޔަވަޅެއް ކަމަށް ބުނެ، ބޭންކުން މިވަނީ ހަގީގަތުގައި މުޅި ރައްޔިތު މީހާގެ އިގްތިސާދީ މިނިވަންކަން ހަނިކޮށްފައެވެ. މިއީ ގައުމުގެ މާލީ ހާލަތު އަތުން ނެއްޓި، ބޭންކުތަކުގައި ޑޮލަރު ހުސްވަމުންދާކަމުގެ ބިރުވެރި ރަނގަބީލެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved