theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
.. / ޕީއެސްއެމް
ހަބަރު
ބަނގުރަލާއެކު ހައްޔަރު ކުރި އަންހެން ފުލުސް ވަޒީފާއިން ވަކި ކުރަން ނިންމިކަމަށް ބުނެވުނީ އޮޅުމަކުން: ފުލުހުން
Yana Shareef
ޔާނާ ޝަރީފް
03 ނޮވެމްބަރު 2025

ކ. ތުލުސްދޫގައި ގަވާއިދާއި ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެތަކެތިގެ ވިޔަފާރި ކުރާ ކަމަަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި އަންހެން ފުލުސް ވަޒީފާއިން ވަކި ކުރަން ނިންމިކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.

މިދިޔަ މަސް ތެރޭގައި ހިންގި މި އޮޕަރޭޝަންގައި ޖުމްލަ ހަތް މީހަކު ހިމެނެއެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރޭގައި ހިމެނީ ކޮންސްޓަބަލް އާމިނަތު މާޔާ ހުސައިން ބަޝީރެެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވީ، ގަވާއިދާ ހިލާފަށް ބަންގުރާ ގެންގުޅޭ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުުލުހުންނަށް ލިބުނު މައުލޫމަތަކާއި ގުޅިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހު ތުލުސްދޫ ގެސްޓް ހައުސްއެއް ބަލައިފާސްކޮށް، ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މައްސަަލައަ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 23 އަހަރުގެ ތިން ފިރިހެނުންނާއި، 27 އަހަރުގެ ފިރިހެނަކާ، 23 އަހަރުގެ އަންހެނަކާ، 26 އަހަރުގެ އަންހެނަކާ، 20 އަހަރުގެ އަންހެނެއް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މި އެންމެންނަކީވެސް ދިވެހިންކަމަށް ފުލުހުން ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، ގެސްޓްހައުސް ބަލައިފާސްކޮށް، ބަނގުރާކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500އެމްއެލްގެ ދެ ފުޅިއާއި ތައްޓެއް ފެނުނު މައްސަލައިގައި ކަމަށެވެ. އަދި އެ މީހުން ކޯޓަށް ހާޒިރު ނުކޮށް ދޫކޮށްލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މީހުންގެ ކުޑަކުމުދާތަކެތި ތަހުލީލު ކުރިއިރު، މަސްތުވާތަކެއްޗަށް ނައްސިވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް އިއްޔެ ވިދާޅުވީ، މި މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑްކޮސް، މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑުން ބެލުމަށް ފަހު ޑިސިޕިލިނަރީ ބޯޑަށް ހުށަހެޅުމުން، އޭނާ ފުލުހުންގެ ވަޒީފާއިން ވަކި ކުރުމަށް ލަފާ ދީފައިވާ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved