theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އޭސީޕީ ދާއޫދު މަގާމުން ދުރުކޮށްފި / ސޯޝަލް މީޑިއާ
ހަބަރު
ދާއޫދު މަގާމުން ދުރުކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
04 ނޮވެމްބަރު 2025
މާލެ ސިޓީ

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރި މުޙައްމަދު ދާއޫދުގެ މައްޗަށް، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދެބެގެން ދެދަރި ބޭބެ، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފައިވަނިކޮށް އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ.

ފުލުހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއު (ބްލޫ ހައުސިން)ގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަން މަޖިލީހުން އުފައްދާފައިވާ ޚާއްސަ ސަބް ކޮމިޓީގައި، ނާޒިމް ދާއޫދަށް އަމާޒުކުރި ތުހުމަތުތަކާ އެކު އޭނާ ވަނީ އަވަސް އަރުވާލައިގެން ޗުއްޓީއެއް ނަގާފައެވެ.

2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދެމެދު އޭސީޕީ ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ކަމަށާއި އެ ފައިސާއިން 14.6 މިލިއަން ރުފިޔާގެ އެސެޓް އުފައްދާފައިވާ ކަމަށް ނާޒިމް ތުހުމަތުކޮށްފައިވެއެވެ. އެ ތުހުމަތުތައް ދާއޫދު ދޮގުކޮށްފައިވަނިކޮށް، ހުޅުމާލޭ ޕޮލިސް ހެޑްގެ މަގާމުގެ އެންމެހާ މަސްއޫލިއްޔަތުތަކުން ދާއުދޫ ވަނީ ދުރުކޮށްފައެވެ.

ފުލުހުންގެ މީީޑިޔާއާ ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބަލަމުންދާތީ އާއި މި މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ދާއޫދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ކަމަށާ އަދި މި މައްސަލަތައް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގު ކޮށްފައިވާ މައްސަލަ، އެމްއެމްޕީއާރްސީ މައްސަލައިގައި ފުލުހުން ހިމެނޭ ބައި ދިރާސާ އަލުން ދިރާސާ ކުރަމުންދާތީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ނޮވެމްބަރ އެއް ވަނަ ދުވަހުން ފެށިގެން އޭސީޕީ ދާއޫދު ހެޑް އޮފް ހުޅުމާލޭ ޕޮލިސްގެ މަސްއޫލިއްޔަތުތަކުން ވީއްލައި އޮފީސް އޮފް ދަ ކޮމިޝަނަށް ރިޕޯޓު ކުރުމަށް ވަނީ ނިންމާފައެވެ.

ދާއޫދު މީގެ ކުރިން ވަނީ އޭނާ ފްރޭމް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރައްވައި، އެ މައްސަލަ ބަލައިދިނުމަށް އެދި ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑަށް އަމިއްލައަށް ވަނީ ހުށަހަޅުއްވައިފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved