theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ހަބަރު
ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އދ. އިން މާދަމާ ތަހުގީގު ކުރަނީ
Yana Shareef
ޔާނާ ޝަރީފް
05 ނޮވެމްބަރު 2025

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު މާދަމާ ރިވިއު ކުރަން ފަށާނެކަމަށް ބުނެފި އެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އދ. އިން ތަހުގީގު ކުރަނީ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) ގަ އެވެ.

އެގޮތުން ރާއްޖޭގެ އިތުރުން 13 ގައުމެއްގެ ހާލަތު ޔޫޕީއާރުގައި ތަހުގީގު ކުރާނެ އެވެ.

ރާއްޖެއަށް ދީފަހުރި ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ފަނޑިޔާރުންގެ އަގުލަބިއްޔަތު އޮންނަ ގޮތަށް އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުން ހިމެނެ އެވެ. އަދި ފަނޑިޔާރުން ވަކި ކުރަން އޮންނަ އުސޫލު ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުން ވެސް ހިމެނެ އެވެ.

ނޫސްވެރިންނާއި ހައްގުތަކަށް މަސައްކަތް ކުރާ އިތުރު ފަރާތްތަކަށް ހިމާޔަތް ދިނުމާއި މީޑިއާގެ މިނިވަންކަން ނުގެއްލޭނެ ގޮތަކަށް މީޑިއާތަކަށް ފަންޑު ކުރުން ހިމެނެ އެވެ. އަދި މަސްދަރު ހާމަ ކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ގާނޫނުގައި އޮތް މާއްދާ ބާތިލް ކުރަން ވެސް ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެ އެވެ.

ރާއްޖޭގެ ޖަލުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަތައް ހައްލު ކުރުމާއި ކުށެއް ސާބިތުވުމުގެ ކުރިން ބަންދު ކުރަން އޮންނަ އުސޫލުގެ ހަރުކަށިކަން ލުއިކޮށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމާއި ކުށް ސާބިތުނުވަނީސް ކުށްވެރިންނާއެކު ބަންދު ނުކުރަން ވެސް ރާއްޖެއަށް ކޮށްފައިވާ ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved