March 25, 2026
Advertisement
އަޒްމިރަލްދާ ނުފޫޒު ފޯރުވިކަން އެނގެން ނެތް
އަޒްމިރަލްދާ ނުފޫޒު ފޯރުވިކަން އެނގެން ނެތް / އަދަދު

ދައުލަތުގެ ނުފޫޒުން ސަސްޕެންޑް ކުރި ފަނޑިޔާރު އަޒްމިރާލްދާ އެ މައްސަލަ އދ. އަށް ހުށަހަޅައިފި

Hussain Nawaf
ހުސައިން ނަވާފް
Mar 19, 2025, 06:40 PM

ފަނޑިޔާރުކަމުން ސަސްޕެންޑު ކުރި އަޒްމިރާލްދާ ޒާހިރުގެ މައްސަލަ އދ ގެ ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ ރެޕަޓުއާއަށް އޭނާ ހުށަހަޅުއްވައިފިއެވެ.

Advertisement

އދ. އަށް މައްސަލަ ހުށަހެޅީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަޒްމިރާލްދާ ސަސްޕެންޑުކޮށް ދައުލަތުގެ އިދާރާތަކުން ހިންގަމުން ގެންދާ އިޖުރާއަތުތަކާ ގުޅިގެންނެވެ.

މީގެ އިތުރުން އެމްބަަސީތަކާއި ހައިކޮމިޝަންތަކުގެ ސަމާލުކަމަށް ވެސް އޭނާ ސަސްޕެންޑުކުރި ގޮތުގެ މައްސަލަތައް ގެނެސްފައިވާ ކަމަށް އަޒްމިރާލްދާގެ ގާނޫނީ ވަކީލުންގެ ޓީމުން މައުލޫމާތުދެއެވެ.

އަޒްމިރާލްދާގެ ދެ މައްސަލައެއް ޖޭއެސްސީން ދަނީ ތަހުގީގު ކުރަމުންނެވެ.

އެއީ އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލަ އާއި ހައި ކޯޓުގެ މުވައްޒަފަކު ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި ކަމަށް ބުނާ މައްސަލައެކެވެ.

މި މައްސަލަ އަޒްމިރަލްދާ ހުށަހެޅި އިރު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއް ސުއޫދުވެސް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved