April 27, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ހަށިގަނޑުގައި ލޭ އިތުރުކުރުމަށް އިރާނުން އިންޖެކްޝަނެއް އުފައްދައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 7, 2025, 06:57 AM

ހަށިގަނޑުގައި ހުންނަ ދަގަނޑުގެ ބައި މަދުވުމުގެ ސަބަބުން ލޭމަދުވާ މައްސަލަ ހައްލުކުރުމަށް އީރާންގެ ސައިންޓިސްޓުން އިންޖެކްޝަނެއް އުފައްދައިފި އެވެ.

Advertisement

ހަށިގަނޑުން ލޭމަދުވުން ނުވަތަ “އެނީމިއާ” ބަލި ހުންނަ މީހުންގެ ހަށިގަނޑުގައި ދަގަނޑުގެ ބައި އިތުރުކޮށްދޭ އިންޖެކްޝަނެއް އީޖާދުކޮށްފިކަން ވަނީ އެ ޤައުމުން އިޢުލާން ކޮށްފައެވެ.

އަދި އެއީ މިހާތަނަށް ދުނިޔޭގައި ބޭނުންކުރަމުން ގެންދާ އެންމެ ވަރުގަދަ ސަޕްލިމެންޓްތަކަށް ވުރެވެސް ކާމިޔާބު އުފެއްދުމެއް ކަމަށް އީރާނުން ބުނެއެވެ.

އީރާނުގެ ހެލްތު މިނިސްޓްރީން ބުނީ އެ ޤައުމުގެ ބަޔޯމެޑިކަލް ރިސާޗް ސެންޓަރުތަކުގެ ސައިންސްވެރިން މަސައްކަތް ކުރަނީ އެ ޤައުމުގައި އިންތިހާ އަށް ގިނަ މިފަދަ ބަލިމީހުންނަށް ބޭނުންވާ ބޭސްތައް ބޭރުގެ ޤައުމުތަކުން އިމްޕޯޓްކުރަން ޖެހޭތީ އެކަމަށް ބަރޯސާވުން ކުޑަކުރުމަށެވެ.

ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވުމުގެ ސަބަބުން ލޭމަދުވާ މައްސަލަ ހައްލުކުރުމަށް އުފެއްދި މި ސަޕްލިމެންޓް އިންޖެކްޝަނަކީ ތެލަސީމިއާގެ ބައްޔަށް ހުރި ވެކްސިނެއް ނޫނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved