
އީރާނުގެ ތެޔޮ ވަސީލަތްތަކާއި މަރުކަޒުތަކަށް އިތުރަށް ހަމަލާދީފިނަމަ، އެމެރިކާ އާއި އިސްރާއީލުގެ ހަކަތަ އިންފްރާސްޓްރަކްޗަރުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އީރާނުން މިއަދު ވަރުގަދަ އިންޒާރެއް ދީފިއެވެ.
މި އިންޒާރު ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ނިއުކްލިއާ އަދި ހަކަތައިގެ މަރުކަޒުތަކަށް ހަމަލާދޭން ޖެހޭނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. އީރާނުން ބުނީ ރައްދުގައި ދޭ ހަމަލާތަކުގައި އެމެރިކާ އާއި އިސްރާއީލުގެ ހުރިހާ ހަކަތަ ނިޒާމުތަކުގެ އިތުރުން، އައިޓީ ސިސްޓަމްތަކާއި، ފެން އުފައްދާ ޑީސެލިނޭޝަން ފެސިލިޓީތައްވެސް ސުންނާފަތިކޮށްލާނެ ކަމަށެވެ.
މި ހަމަލާތަކާއެކު، އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް މިހާރު ވަނީ މުޅިން އާ ހަރުފަތަކަށް ގޮސްފައެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އީރާނުގެ މި އިންޒާރަކީ މުޅި ސަރަހައްދުގެ އިގްތިސާދާއި ދިރިއުޅުމުގެ އަސާސީ ވަސީލަތްތަކަށް އަމާޒުވެދާނެ ބިރުވެރި ހަނގުރާމައެއްގެ ފެށުމެކެވެ. އީރާނުން މިހާރު ވަނީ އެ ގައުމުގެ މިސައިލް ބާރުވެރިކަން ދައްކާލައި، ކޮންމެ ވަގުތަކުވެސް ބޮޑު ހަމަލާއަކަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.










