March 24, 2026
Advertisement
-
- / އަލްޖަޒީރާ

އެމެރިކާއިން ބޮން އަޅަނީ ސްކޫލްތަކާއި ހޮސްޕިޓާތަކަށް، އަހަރުމެން އެ ލެވެލްއަށް ނުވެއްޓޭނެ: އިރާން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 23, 2026, 07:36 PM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވަމުން ގެންދަވާ އިންޒާރުތަކާ ގުޅިގެން، އީރާނުން އެމެރިކާއަށް ވަރުގަދަ ރައްދެއް ދީފިއެވެ.

Advertisement

އީރާނުން މިއަދު ނެރި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއިން އީރާނުގެ ހޮސްޕިޓަލްތަކަށާއި، އިމަޖެންސީ ސެންޓަރުތަކުގެ އިތުރުން ސްކޫލްތަކަށް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް އީރާނުން އެފަދަ އަމަލެއް މިހާތަނަށް ކޮށްފައި ނުވާނެ ކަމަށް އެ ގައުމުން ބުނެފައިވެއެވެ.

އީރާނުން އިތުރަށް އިންޒާރު ދެމުން ބުނެފައިވަނީ، އެ ގައުމުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށާއި ނުވަތަ އަސާސީ ޚިދުމަތްތައްދޭ މަރުކަޒުތަކަށް ހަމަލާއެއް އަތުވެއްޖެ ނަމަ، އޭގެ ބަދަލު ހިފުމުގެ ގޮތުން ހަމަ އެފަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އެމެރިކާއިން ވަނީ އިރާން އާ ދެކޮޅަށް ހަނގުރާމަ ފެށުމާއި އެކު އިރާންގެ އަންހެން ކުދިންގެ ސްކޫލަކަށް ހަމަލާދީ ގިނަ އަދަދެއްގެ ކުދިންތަކެއް ޝަހީދުކޮށްފައެވެ.

މީގެ އިތުރުންވެސް، އިރާނުގެ އާންމުންނަށް އަމާޒުކޮށް އެމެރިކާއިން ވަނީ ގިނަ ހަމަލާތަކެއްދީފައެވެ. ނަމަވެސް އެމެރިކާއިން ވަނީ އިރާނުން ހިންގަނީ ޖަރީމާއެއް ކަމަށް ސިފަކޮށް ވާހަކަ ދައްކާފައެވެ.

އިރާނުން އަންނަނީ ހަމަލާތައް ވަރުގަދަކޮށް އެމެރިކާއާއި އިޒްރޭލަށް ނުހިފެހެއްޓޭ ވަރަށް މިސައިލް ހަމަލާތައް ފޮނުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved