April 27, 2026
Advertisement
.
. / ރޮއިޓަރސް

މުސްލިމުންނަށް އަނިޔާވެރި މޯދީއާއި ޓްރަމްޕް ވަރަށް ގިނައިން ގުޅާކަމަށް ވައިޓް ހައުސްއިން ބުނެފި

Yana Shareef
ޔާނާ ޝަރީފް
Nov 7, 2025, 06:29 AM

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ގިނައިން ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާ ކަމަށާއި ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނެފިއެވެ.

Advertisement

ވައިޓްހައުސްގެ ތަރުޖަނާމު ކެރޮލިން ލެވިޓް ވިދާޅުވީ މޯދީއަކީ ޓްރަމްޕް ވަރަށް އިޙްތިރާމް ކުރައްވާ ބޭފުޅެއް ކަމަށާއި ދެގައުމުގެ ވިޔަފާރީގެ މަޝްވަރާތަކާއި ބެހޭ ޓީމުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެމެރިކާއިން އެކި ގައުމުތަކުން އެ ގައުމަށް އެތެރެކުރާ މުދަލުން ބޮޑެތި ޓެރިފްތައް ނަގަން ފެށުމާއެކު ގައުމުތަކުން ދަނީ އެމެރިކާއާއެކު ވިޔަފާރީގެ އެއްބަސްވުންތައް ހަދަމުންނެވެ. އިންޑިއާއިން ވެސް މި މަޝްވަރާތައް ފެށި ނަމަވެސް، އަދިވެސް ކޮޅެއްގައި ނުޖެހެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މަޝްވަރާގެ ފުރަތަމަ ބުރު ނާކާމިޔާބުވީ އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާއަތުގެ ތެރެއަށް އެމެރިކާގެ ކުންފުނިތަކަށް ވަންނަން މަގުހުޅުވާލަން އިންޑިއާ އިން ދެކޮޅު ހެދުމުންނެވެ.

އެއާއެކު ރަޝިއާގެ ތެޔޮ އިންޑިއާއަށް ގަންނަ ކަމަށް ބުނެ، އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 50 އިންސައްތައިގެ ޓެރިފެއް ނެގުމަށް އެމެރިކާއިން ނިންމިއެވެ. ޓެރިފް ބޮޑު ކުރިނަމަވެސް އަދިވެސް ދެގައުމުން ދަނީ މަޝްވަރާތައް ކުރަމުންނެވެ. އަދި އިންޑިއާއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އެއް ކުންފުނިކަމަށްވާ މުކޭޝް އަމްބާނީގެ ރިޔަލަންސް ކުންފުނިން ވަނީ ރަޝިޔާއިން ތެޔޮ ގަތުން ހުއްޓާލާނެކަން އިއުލާންކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved