April 27, 2026
Advertisement
.
. / އެންޑީޓީވީ

ދިއްލީ ގޮވުން: ހާދިސާގެ ދެ ގަޑިއިރު ކުރިން 2،900 ކިލޯގެ ގޮވާތަކެއްޗާއެކު މުސްލިމަކު ހައްޔަރުކުރިކަމަށް ބުނެފި

Yana Shareef
ޔާނާ ޝަރީފް
Nov 11, 2025, 06:20 AM

ނިދު ދިއްލީގެ ކާރެއްގައި އެއްޗެއް ގޮވި ހާދިސާ ހިނގިތާ ދެ ގަޑިއިރު ކުރިން ޖައްމޫ އެންޑް ކަޝްމީރުގެ ފުލުހުން ހަރިޔާނާގެ ފަރީދާބާދުގެ ދެ ގެއަކުން 3،000 އެއްހާ ކިލޯގެ ގޮވާތަކެތި އަތުލާގަތް ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

Advertisement

އެންޑީޓީވީން ބުނީ މި ހާދިސާ ހިނގާފައި ވަނީ ޖައްމޫ އެންޑް ކަޝްމީރުގެ ފުލުހުން ހަރިޔާނާގެ ފަރީދާބާދުގެ ދެ ގެއަކުން 3،000 ކިލޯގެ ގޮވާތަކެތި އަތުލާގަތްތާ ގަޑިއިރުތަކެއް ފަހުން ކަމަަށެވެ.

އަތުލާގަތް ތަކެތީގެ ތެރޭގައި ތެރޭގައި 350 ކިލޯގެ އެމޯނިއަމް ނައިޓްރޭޓް ހިމެނެއެވެ. މިއީ ލީތަލް ބޮމަކަށް ބަދަލުކުރެވޭ ބާވަތެކެވެ. އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި މި ތަކެތި އަތުލައިގަތީ ޖައްމޫ އެންޑް ކަޝްމީރުގެ ޑޮކްޓަރެއް ކަމަށްވާ އާދިލް ރާތަރްގެ ގެެއިންނެވެ.

އުއްތަރަ ޕްރަދޭޝްގެ ސަހަރަންޕޫރުން އޭނާ ހައްޔަރު ކުރީ ނިރުބަވެރި ޖަމާއަތެއް ކަމަށްވާ ޖައިޝޭ މުހައްމަދުގެ ޕޯސްޓަރުތައް ސްރީނަގަރުގައި ހަރު ކުރަމުންދިޔަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނުމުންނެވެ.

މީގެ އިތުރުން، ފަރީދާބާދުގެ އަލް ފަލާހް ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން ދިޔަ ޖައްމޫ އެންޑް ކަޝްމީރުގެ ސިއްހީ ހިދުމަތްތެރިއެއް ކަމަށްވާ މުޒައްމިލް ޝަކީލްވެސް ވަނީ ހަމަ މި މައްސަލައިގައި ހައްޔަރު ކޮށްފައެވެ. އޭނާގެ ހޮސްޕިޓަލުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި އޭނާ ދިރިއުޅެމުން ދިޔައީ އެ އިމާރާތުގައެވެ. ނަމަވެސް ކެމްޕަސް ބޭރުގައި އޭނާ ދިރިއުޅޭ ދެ ގެއެއް ފުލުހުން ވަނީ ހޯދައިފައެވެ.

ފުލުހުން ހިންގި އެ އޮޕަރޭޝަންގައި ގޮވާތަކެތި އަޅާފައިވާ 12 ސޫޓްކޭސް ފެނިފައި ވެއެވެ. އަދި ޑިޓޮނޭޓަރާއި ޓައިމާ ފަދަ ބޮން އުފެއްދުމަށް ބޭނުންކުރާ ތަކެތި ވެސް ފެނިފައިވެއެވެ.

ޖައްމޫ އެންޑް ކަޝްމީރު އާއި ފަރީދާބާދުގައި ހިންގި އޮޕަރޭޝަންތަކާއި ހައްޔަރު ކުރުމާއި މީހުން އަތުލައިގަތުމާ ގުޅޭ ގޮތުން ފުލުހުން ބުނީ ފުލުހުން އަލްގައިދާއާ ގުޅުން އޮންނަ ޕާކިސްތާނުގެ ޖައިޝް އާއި އަންސާރު ޣަޒްވަތުލް ހިންދު ޖަމާއަތާ ގުޅުން ހުރި ނިރުބަވެރި ނެޓްވޯކެއް ނައްތާލާފައިވާ ކަމަށެވެ.

ރާތަރާއި ޝަކީލްގެ އިތުރުން، މި މައްސަލަތަކުގައި އިތުރު ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved