
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން މިއަދު ކުރިއަށް ގެންދިޔަ ބޮޑު އޮޕަރޭޝަން ކުރިއަށް ގެންދިޔަ ވަގުތު އެ އޮޕަރޭޝަނާއި ބެހޭގޮތުން ރައީސް މުއިއްޒު ޓްވީޓްކޮށްފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން ފަށާފައިވަނީ މިއަދު ފަތިހު 5:30 ގައެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ބޭނުންކުރާ މީހުން އަތުލައިގަތުމުގެ ބޭނުމުގައި ފުލުހުން ކުރިއަށް ގެންދިޔަ މި ޚާއްސަ އޮޕަރޭޝަންގެ މެދުތެރެއިން ރައީސް މުއިއްޒު ޓްވީޓް ކުރެއްވުމަކީ އޮޕަރޭޝަންގެ މަޤުސަދު ހާސިލުކުރުމަށް ފުލުހުންނަށް ހުރަސްއެޅިގެންދާނެ ވަރަށް ބޮޑު ސަބަބެކެވެ.
އޮޕަރޭޝަން ނުނިމެނީސް ރައީސް މުއިއްޒު ވަނީ އޮޕަރޭޝަން ކުރިއަށް ގެންދާކަން އިއުލާންކޮށް، އޮޕަރޭޝަންގައި ބައިވެރިވާ ފުލުހުންގެ އަދަދާއި ފުލުހުންގެ ޓާގެޓް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އިންޓެލިޖެންސް މައުލޫމާތުތަކަށް ބިނާކޮށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގެ މައުލޫމާތު މިފަދައިން ހިއްސާކުރުމުން މުއިއްޒަށް އަންނަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
މިގޮތުން، މިއީ ހަމަ ބުއްދު ހުރި ރައީސަކު ކަންތައްތައް ކުރައްވާނެ ގޮތެއް ނޫން ކަމަށާއި އޮޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އޮޕަރޭޝަން ނިމެންދެން ސިއްރުކޮށްފައި ބޭއްވުމަކީ ތަހުޒީބީ ގައުމުތަކުގައިވެސް ކަންތައްތައް ކުރައްވާ ގޮތް ކަމަށް ބުނެ ބައެއް މީހުން މުއިއްޒުގެ ޕޯސްޓަށް ކޮމެންޓް ކޮށްފައިވެއެވެ.
މިކަމުންވެސް އެގިގެންދަނީ މުއިއްޒަކީ ވެެރިކަމަށް ކުފޫހަމަނުވާ، އުސޫލުތަކާއި ހަމަތަކުގެ މަތިން ކަންކަން ކުރައްވަން އެގިވަޑައިނުގަންނަވާ ބޭފުޅެއް ކަމަށްވެސް މި ފަރާތްތަކުން ބުނެފައިވެއެވެ.










