March 10, 2026
Advertisement
ރައީސް ޔާމީން ރައްޔިތުންނާ މުޚާތަބުކުރައްވަނީ
ރައީސް ޔާމީން ރައްޔިތުންނާ މުޚާތަބުކުރައްވަނީ / ތޭރަ އޮންލައިން

ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެންއެފްގެ ޖަލްސާ ފަސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Nov 14, 2025, 09:08 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)އިން މިރޭ ބާއްވަން ކުރިން ިންމާފައި އޮތް ޖަލްސާ ސަލާމަތީ ސަބަބުތަކަށްޓަކައި ފަސްކޮށްފިއެވެ.

Advertisement

ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަުދ މަލީހު ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިރޭ ޕީއެންއެފްއިން ބާއްވަން ކުރިން ރާވާފައިވާ ފްރޮންޓް އޮފީސް ޓައުން ހޯލް ޖަލްސާ ސަލާމަތީ ސަބަބުތަކަށްޓަކައި އާދީއްތަ ދުވަހުގެ ރެއަށް ފަސްކުރެވިފައިވާ ކަމަށެވެ.

ޕީއެންއެފުން މިފަހަކަށް އައިސް ބާއްވަމުންދާ ޖަލްސާތަކަށް ބޮޑު ތަރުހީބެއް ލިބެމުންދެއެވެ.

އެ ޕާޓީއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔަަސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެއެވެ. ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved