June 23, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޓްރަމްޕްގެ ލަގްޒަރީ ރިސޯޓްތަކެއް ރާއްޖޭގައި ހަދަނީ

Aiminath Sarah
އައިމިނަތް ސާރާ
Nov 18, 2025, 04:12 PM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ހަދާކަން ދަ ޓްރަމްޕު އޮގަނައިޒޭޝަނުން އިއުލާނުކޮށްފި އެވެ.

Advertisement

2028 ވަނަ އަހަރު ނިމުމުގެ ކުރިން ހުޅުވުމަށް ހަމަޖެހިފައިވާ މި ޕްރޮޕަޓީ ހުންނާނީ މާލެއިން ފުރައިގެން ލޯންޗްގައި 25 މިނެޓުން ދެވޭހާ ކައިރިގައެވެ. މި ރިސޯޓުގައި 80 ވަރަކަށް ބީޗް އަދި އޯވާ ވޯޓާ ވިލާ ހުންނާނެއެވެ.

އެ ރިސޯޓު ތަރައްގީ ކުރުމުގެ މަރުހަލާގައި ޓޯކެން ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. ޓޯކަނައިޒޭޝަންއަކީ ހަރު މުދަލެއްގެ އެސެޓު ޑިޖިޓަލް ޓޯކެންއަށް ބަދަލުކޮށްގެން ވިއްކުމުގެ މަރުހަލާ އެވެ. މިއީ ޑިވެލޮޕްމަންޓު މަރުހަލާގައި އޮތް ޕްރޮޖެކްޓެއް ޓޯކަނައިޒް ކުރާ ދުނިޔޭގެ ވެސް ފުރަތަމަ ފަހަރެވެ.

ޑޮނަލްޑު ޓްރަމްޕުގެ ދަރިކަލުން އަދި ޓްރަމްޕު އޮގަނައިޒޭޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އެރިކް ޓްރަމްޕު ވިދާޅުވީ، ޓްރަމްޕު އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސްގެ ސަބަބުން މި ސަރަހައްދުގައި ވެސް ލަގްޒަރީ "ރިޑިފައިން" ވާނެ ކަމަށެވެ.

އޮމާން، ދުބާއީ އަދި ރާއްޖޭގައި ހޮސްޕިޓާލިޓީ ޕްރޮޖެކްޓްތަކުގެ އިތުރުން ބާލީ އަދި ވިއެޓްނާމްގައި ވެސް މަޝްރޫއުތައް ކުރިއަށްގެންދަން ޓްރަމްޕް އޯގަނައިޒޭޝަނުން ވަނީ ނިންމާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved