
ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އިން ބާއްވާ ޖަލްސާތަކުގެ ތެރެއިން މިރޭ ބާއްވަން ކުރިން ހަމަޖެހިފައި އޮތް ޓައުން ހޯލު ޖަލްސާ ނޯންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.
ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު އެކްސްގައި ވިދާޅުވީ އާދިއްތަ ދުވަހުގެރޭގެ ޖަލްސާ ބުރާސްފަތި ދުވަހުގެރެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މިރޭގެ ޖަލްސާ ކެންސަލް ކުރި ސަބަބެއް ނަމަވެސް ހާމަކޮށްފައިނުވެއެވެ.
ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ޒުވާނުންނަށް އަމާޒުކޮށްގެން ޕީއެންއެފް އިން ވަނީ ހުކުރު ދުވަހުގެރޭ ބޮޑު ހަރަކާތެއް ހުޅުމާލޭގައި ބާއްވާފައެވެ.










