March 14, 2026
Advertisement
އުރީދޫން އިނާމް ހަވާލުކުރައްވަނީ
އުރީދޫން އިނާމް ހަވާލުކުރައްވަނީ / އުރީދޫ

އުރީދޫ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

Aishath Naja
އައިޝަތު ނަޖާ
Mar 4, 2024, 04:27 AM
މާލެ ސިޓީ

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސްގެ ހާއްސަ އޮފައެއް ތައާރަފްކޮށްގެން ގެންދިޔަ ޕްރޮމޯޝަންގެ އިނާމްތައް ހަވާލުކޮށްފިއެެވެ.

Advertisement

ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށް ގެންދާ ދުވަސް ދުވަހު ރެހެންދި ޓާފް، ހުޅުމާލޭގައި ބަހައްޓާފައި ހުންނަ އުރީދޫ ޓެންޓުން އުރީދޫގެ ސާވިސް އެއް ނަގައިގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް

މިގޮތުން ފުރަތަމަ ތިން ހަފްތާގެ ނަސީބުވެރިންނަށް މިހާރު ވަނީ އިނާމު ހަވާލުކޮށްފަ އެވެ.

އެގޮތުން ފުރަތަމަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އަހްމަދު ސާއިން އިސްމާއިލް ޝިޔާމަށް ލިބުނީ 203 ލީޓަރުގެ ރެފްރިޖެރޭޓަރެކެވެ.

ދެވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އައިމިނަތު ރަޝީދާއަށް އަވަނެއް ލިބުނުއިރު ތިންވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އަބްދުﷲ ނާސިރަށް ސޯފާއެއް ލިބުނެވެ.

އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ސުޕަނެޓް ހިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމުގައިވިޔަސް މި ލަކީ ޑްރޯ ގައި ބައިވެރިވެވެ އެވެ. އަގުހުރި އެތައް އިނާމެއް ހިމެނިފައިވާއިރު މީގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، އަވަން ފަދަ ބޭނުންތެރި އިނާމުތައް ހިމެނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ގޯލްޑަން ފުޓްސަލް ޗެލެންޖު މިމަހު ނިމުމާ ހަމައަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved