February 28, 2026
Advertisement
ހުޅުމާލޭގައި ހުންނަ އުރީދޫ މައި އޮފީން
ހުޅުމާލޭގައި ހުންނަ އުރީދޫ މައި އޮފީން / އުރީދޫ

ކަސްޓަމާ ސަޕޯޓަށް ހާއްސަ، ވެރިފައިޑް އުރީދޫ ވަޓްސްއެޕް އެކައުންޓް ލޯންޗުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 19, 2024, 07:45 PM
މާލެ ސިޓީ

އުރީދޫ މޯލްޑިވްސްގެ ވެރިފައިޑް ކަސްޓަމާ ސަޕޯޓް އެކައުންޓް ވަޓްސްއެޕް މެދުވެރިކޮށް ތައާރަފްކޮށްފި އެވެ.

Advertisement

އެ ކުންފުނިން ބުނީ ކަސްޓަމާ ސަޕޯޓް އެކައުންޓް ވަޓްސްއެޕް މެދުވެރިކޮށް ރާއްޖޭގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް އަވަސް، ރައްކާތެރި އަދި ފަސޭހަ ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. މި ހިދުމަތް ލިބޭނީ 9611929 960+ ނަމްބަރުން ވަޓްސްއެޕް މެދުވެރިކޮށެވެ.

އުރީދޫން ބުނީ މިއީ ޑިޖިޓަލް އިންވޭޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ތަޖުރިބާ އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތައް ލިބުނު ކުރިއެރުމެއް ކަމަށެވެ.

އުރީދޫން ބުނި ގޮތުގައި ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ކަސްޓަމަރުންނަށް އުރީދޫއާ ގުޅުމަށް ވަޓްސްއެޕް ނަމްބަރުގެ ސަބަބުން އިތުރު ފަސޭހަތަކެއް ލިބި ހިދުމަތްތައް ހަރުދަނާވުމަށް މަގުފަހިވާނެ ކަމަށެވެ. މި ޗެނަލުން ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއި ބިލިންއާއި ޓްރަބްލްޝޫޓިން އާއި އެހެނިހެން އެހީތެރިކަން ބޭނުންވާ ކަންކަމާ ބެހޭ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އުރީދޫން ބުނީ ވަޓްސްއެޕް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ޕްލެޓްފޯމަކަށްވުމުން މި ޕްލެޓްފޯމުގައި ކަސްޓަމަ ސަޕޯޓު ލިބޭނެ އެކައުންޓެއް ހެދީ ހިދުމަތްތައް މިހާރަށް ވުރެ ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށެވެ. އަދި މި އެކައުންޓަކީ ވެރިފައިޑް އެކައުންޓަކަށްވުމުން މިއީ ރައްކާތެރި އެކައުންޓެއް ކަމަށް ބުންޏެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved