March 13, 2026
Advertisement
ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ބޭއްވި އުރީދޫ ފަން ރަން 2023.
ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ބޭއްވި އުރީދޫ ފަން ރަން 2023. / އުރީދޫ

އުރީދޫ ފަން ރަންގައި ގޯޕްލޭ ސައިންއަޕް ކޮށްގެން ލަންކާ ދެކޮޅު ޓިކެޓް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 20, 2024, 04:57 AM
މާލެ ސިޓީ

އުރީދޫން އަންނަ މާދަމާ ހުޅުމާލޭގައި ބާއްވާ "ފަން ރަން - އެންމެ އުފާވެރި ދުވުން" ގެ ބައިވެރިންގެ ތެރެއިން ދެ މީހަކަށް ކޮލޮމްބޯ ދެކޮޅު ޓިކެޓް ދިނުމަށް ހަމަޖައްސައިފި އެވެ.

Advertisement

މި އިނާމަކީ މާދަމާ ހަވީރު 5:45ގެ ކުރިން ފަންރަންގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ގޯޕްލޭ އެޕް ޑައުންލޯޑުކޮށް، ސައިންއަޕްކުރާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނެގުމަށްފަހު ދިނުމަށް ހަމަޖެހިފައިވާ އިނާމެކެވެ.

އުރީދޫ އާއި ފިޓްސްއެއާ ގުޅިގެން ދޭ މި އިނާމުގެ ލަކީޑްރޯ ނަގާނީ މާދަމާ އޮންނަ ފަން ރަންގަ އެވެ.

ފިޓްސްއެއާ އަކީ ސްރީލަންކާގެ އަމިއްލަ ފަރާތަކަށް ނިސްބަތްވާ ފުރަތަމަ ބައިނަލްއަގުވާމީ އެއާލައިނެވެ. އަދި މިއީ އެންމެ އަގުހެޔޮކޮށް ދަތުރު ކުރެވޭ އެއް އެއާލައިނެވެ. ފިޓްސް އެއާއިން ދުބާއީ އާއި ކޮލަމްބޯގެ އިތުރުން ޗެންނާއީ އަދި ޑާކާ ފަދަ މަންޒިލްތަކަށް ދަތުރު ކުރެ އެވެ.

ފަންރަންއަށް ހުށަހަޅާފައިވާ ގްރޭންޑު އިނާމުގެ އިތުރުން އިވެންޓު އޮންނަ ތަނުގައި ހުންނަ ފިޓްސްއެއާ ޓެންޓުން އެ އެއާލައިނަށް ރަޖިސްޓްރީ ކުރުމުން އެ އެއާލައިންއިން ކޮލޮމްބޯއަށް ކުރާ ދަތުރުތަކުން 15 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ އެ ހަރަކާތްތަކުގައި 5،000 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމަށް ޝައުގުވެރިވާ މީހުން އަދި އާއިލާ އާއި ރައްޓެހިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެން ވެސް އުރީދޫ ފަން ރަންގައި ބައިވެރިވުމަށް، އުރީދޫން އަބަދުވެސް ދައުވަތު ދެ އެވެ.

ފަން ރަންގައި ހަ އަހަރުން މަތީގެ ގިނަ ބަޔަކު ބައިވެރިވިއިރު، އެ ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް އެ ދުވުން ނިންމިދާނެ އެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އުރީދޫއިން ބުންޏެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved