March 13, 2026
Advertisement
އެޕަލް ވެއާރަބަލް ހިދުމަތް އުރީދޫ މޯލްޑިވްސް އިން ތައާރަފު ކުރުން
އެޕަލް ވެއާރަބަލް ހިދުމަތް އުރީދޫ މޯލްޑިވްސް އިން ތައާރަފު ކުރުން / އުރީދޫ

އުރީދޫގެ އެޕަލް ވެއާރަބަލް ހިދުމަތް ތައާރަފްކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Apr 26, 2025, 10:02 PM

މޯބައިލް ފޯނާއި ނުލައި، އެޕަލް ވޮޗަށް ފޯނާއި މެސެޖުގެ ހިދުމަތް ލިބޭ އެޕަލް ވެއާރަބަލް ހިދުމަތް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފި އެވެ.

އުރީދޫ މޯލްޑިވްސް އިން މުޅިން އަލަށް ރާއްޖެއަށް ތައާރަފް ކުރި ހިދުމަތާ ގުޅޭގޮތުން އުރީދޫގެ އެސިސްޓަންޓް މެނޭޖާ ޕީއާރް، ޝިއުނާ ހަމީދު ވިދާޅުވީ އުރީދޫގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް މިހާރު މި ހިދުމަތް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގޮތުގައި ހަ މަހަށްފަހު، މަހަކު އެންމެ 199 ރުފިޔާއަށް މި ހިދުމަތް ލިބޭނެ އެވެ.

މިއީ ވަރަށް ގިނަ ކަސްޓަމަރުން ބޭނުންތެރި ހިދުމަތެއްކަން އުރީދޫ އިން ފާހަގަކުރެ އެވެ.

އުރީދޫ އިން ތައާރަފުކުރި މި ހިދުމަތާއެކު ފޯނު ނެތް ނަމަވެސް އަބަދުވެސް ކަނެކްޓްވެފައި ހުރެވޭނެ ކަމަށާއި ގަޑީގެ ޒަރިއްޔާއިން ފޯނު ކޯލާއި މެސެޖުގެ މުއާމަލާތް ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved