April 22, 2026
Advertisement
ސީރިއާގެ ރައްޔިތުން
ސީރިއާގެ ރައްޔިތުން / އަލްޖަޒީރާ

ސީރިއާގެ ރައްޔިތުން އަލް-އަސަދުގެ އަތްދަށުން މިނިވަންވިތާ އެއް އަހަރު ފުރުން ފާހަގަކޮށްފި

Faina Faiz
ފައިނާ ފާއިޒް
Dec 7, 2025, 10:48 PM
މާލެ ސިޓީ

ސީރިއާގެ ރައްޔިތުން އަލް-އަސަދުގެ އަތްދަށުން މިނިވަންވިތާ އެއް އަހަރު ފުރުން ފާހަގަކޮށްފިއެވެ.

Advertisement

ސީރިއާގެ ރައްޔިތުން ބުނެފައިވަނީ، އެތައް އަހަރެއް ފަހުން ފުރަތަމަ ފަހަރަށް ސީރިއާގެ މީހުންނަށް އުއްމީދުގެ އިހުސާސް ކުރެވެމުން އަންނަ ކަމަށްށެވެ. އަދި އެމީހުންގެ ކުރީގެ ލީޑަރު ބައްޝާރުލް އަސަދު ވެރިކަން ދޫކޮށްލެއްވިތާ އެއް އަހަރު ފަހުން މުޅި ގައުމުގެ އާއިލާތަކުން ދަނީ އުފާފާޅުކުރަމުންކަމަށެވެ.

ސީރިޔާގެ ވެރިރަށް ދިމިޝްގުގައި މީހުން ވަނީ މަގުތައް ފުރާލާފައިއެވެ. އަދި ކުލަކުލައިގެ ދިދަތައް އުފުލާލައި، ހަވާއެރުވުމާއެކު، އުފާފާޅުކޮށްފައިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސީރިޔާ މީހުން ދިރިއުޅެމުން އައީ ވަރަށް ހަރުކަށި ސަރުކާރެއްގެ ދަށުންނެވެ. އަދި އެންމެ ފަހުން ފުން ނޭވާއެއް ލެވޭ ކަހަލަ ގޮތަކަށް ލުއިތަކެއް އިހުސާސްވި ފަދަކަމަށް ވެސް އެ ގައުމުގެ އެކި ރައްޔިތުން ވަނީ އަލްޖަޒީރާއަށް މައުލޫމާތު ދީފައިއެވެ.

އެ ގައުމުގެ ގިނަ އާއިލާތަކުން ބުނަނީ މިއަހަރު ތަފާތު އިހުސާސްތަކެއް ކުރެވޭކަމަށެވެ. އަދި އުއްމީދު ކުރަނީ، ސީރިއާ އަނެއްކާވެސް ސުލްހަވެރި، އަމާން ތަނަކަށް ވެގެން އެގޮތުގައި ދެމި އޮންނާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved