April 22, 2026
Advertisement
ހޮމާ ސިޓީގައި ހުރި ސީރިއާގެ ރައީސް ބަޝާރް އަލް-އަސަދުގެ ފޮޓޯއެއް ގެ ފްރޭމް ހަލާކުކޮށްލާފައި،
ހޮމާ ސިޓީގައި ހުރި ސީރިއާގެ ރައީސް ބަޝާރް އަލް-އަސަދުގެ ފޮޓޯއެއް ގެ ފްރޭމް ހަލާކުކޮށްލާފައި، / އަލްޖަޒީރާ

ކަމެއް ކޮށްދިނުމުގެ ގާބިލުކަން ގެއްލިއްޖެނަމަ، މަގާމެއްގެ ބޭނުމެއް ނޯންނާނެ: ބައްޝާރު

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 17, 2024, 04:28 PM
މާލެ ސިޓީ

ކަމެއް ކޮށްދިނުމުގެ ގާބިލުކަން ގެއްލިއްޖެނަމަ، މަގާމެއްގެ ބޭނުމެއް ނޯންނާނެ ކަމަށް ވިދާޅުވެ ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އޭނާގެ ވެރިކަން ދޫކޮށްލައްވާ ގައުމުން ފިއްލެވި ސަބަބު ހާމަކުރައްވައިފި އެވެ.

Advertisement

ބައްޝާރު އެގޮތަށް ވިދާޅުވީ މި މަހުގެ އަށްވަނަ ދުވަހު ސޫރިއާގެ އިދިކޮޅު ފަރާތްތަކުން ދިމިޝްޤު ހިފުމުން ފިއްލަވައިގެން ރަޝިއާއަށް ވަޑައިގަތުމަށްފު ނެރުއްވި ފުރަތަމަ ބަޔާނުގައެވެ.

އެ ބަޔާނުގައި އޭނާ ވިދާޅުވަނީ، ސޫރިއާގެ ވެރިރަށް ބާޣީންގެ އަތްދަށަށް ވެއްޓުމާއެކު، ލަތާކިއާ ޕްރޮވިންސްގައި ހުންނަ ރަޝިޔާގެ އަސްކަރީ މަރުކަޒަކަށް ހަނގުރާމަ ހިނގާގޮތް ބަލަން ދިޔަކަމަށާއި ނަމަވެސް ފެނުނީ ސޫރިއާ ސިފައިން އެ މީހުންގެ މަގާމުތައް ދޫކޮށް ގޮސްފައިވާތަން ކަމަށެވެ.

ދައުލަތް ޓެރަރިޒަމްގެ އަތްދަށަށް ގޮސް، މާނަހުރި ކަމެއް ކޮށްދިނުމުގެ ގާބިލުކަން ގެއްލިއްޖެ ނަމަ، މަގާމެއްގެ ބޭނުމެއް ނޯންނާނެ،

ވެރިކަން ދޫކޮށް ވަޑައިގަތް ސަބަބުގެ ގޮތުގައި ބަޔާނުގައި ބުނެފައިވެ އެވެ.

ސޫރިއާގެ ކޮންޓްރޯލް ލިބުނީ ޓެރަރިސްޓުންނަށް ކަމަށް ބައްޝާރު ވިދާޅުވި ނަމަވެސް ޖަމާއަތް ވުޖޫދު ވުމުގެ މާ ކުރިންވެސް، ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި މީހުން ވެސް ބައްޝާރު ސިފަކުރަމުން އައީ ޓެރަރިސްޓުންގެ ގޮތުގަ އެވެ. އަދި މިހާ ހިސާބަށް ވެސް ވެރިކަމުގައި ހުންނެވީ އީރާނާއި ރަޝިޔާގެ މަދަދާ އެކުގަ އެވެ.

ހަނގުރާމަވެރިން މިހާރު ދަނީ އިންތިގާލީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

އަސަދު ދަރިކޮޅުގެ 54 އަހަރުވީ ވެރިކަން ވައްޓާލައި، އިސްލާމީ ޖަމާއަތް، ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) އިސްކޮށް ހަރަކާތްތެރިވާ ހަނގުރާމަވެރިން ވަނީ ސީރާގެ ވެރިކަމަށް ވެރިވެގެންފަ އެވެ. ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގެންނެވި ބައްޝާރުލް އަސަދާއި އޭނާގެ އާއިލާއަށް ވަނީ ރަޝިޔާ އިން ހިމާޔަތް ދީފަ އެވެ.

ސީރިއާގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި، ކުރީގެ ރައީސް ހާފިޒާއި އެ މަނިކުފާނުގެ ދަރިކަލުން ބައްޝާރުގެ ސޫރަތަކާއި ޕޯސްޓަރުތައް ވެސް ވަނީ ވައްޓާލައިފަ އެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved