May 30, 2026
Advertisement
ދައުރު ނިމޭ ދުވަހަކު ރައީސް އޮފީހުން ނެރެގެން މުއިއްޒު ހާޒިރު ކުރެވޭނީ ފުލުސް އޮފީހަށް: މަލީހު
ދައުރު ނިމޭ ދުވަހަކު ރައީސް އޮފީހުން ނެރެގެން މުއިއްޒު ހާޒިރު ކުރެވޭނީ ފުލުސް އޮފީހަށް: މަލީހު / ސަން އޮންލައިން

ދައުރު ނިމޭ ދުވަހު ރައީސް އޮފީހުން ނެރެގެން މުއިއްޒު ހާޒިރު ކުރެވޭނީ ފުލުސް އޮފީހަށް: މަލީހު

May 30, 2026, 02:54 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ނިމޭ ދުވަހަކު، އެމަނިކުފާނު ރައީސް އޮފީހުން ނެރެ ދެން ހާޒިރު ކުރާނީ ފުލުސް އޮފީހަށް ކަމަށް، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވެފައި ގޮތުގައި، ރައީސް މުއިއްަޒުގެ މައްޗަށް ދައުރު ތެރޭގައިވެސް ކުރެވޭ ވަރަށް ގިނަ ސީރިއަސް ތުހުމަތތަކެއް ހުރިއިރު، މިއަދު އެމަނިކުފާނާ އާރާ ބާރުގެ ސަބަބުން މައްސަލަތައް ނުބަލާ ހިންދާލާފައިވީ ނަމަވެސް. އިންސާފު އަރާ ހަމަކުރާނެ ދުވަހެއް އެބައޮތް ކަމަށެވެ.

އެ ދުވަހަކީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިންމާ ރައީސް އޮފީހުން އެމަނިކުފާނު، ބާރުތަކެއް ނެތި އާންމު ރައްޔިތެއްގެ ގޮތުގައި ނުކުންނަ ދުވަސްކަމަށް ވިދާޅުވެ މަލީހު އިތުރަށް ވިދާޅުވެފައިވަނީ، ރައްޔިތުން ބޭނުންވަނީ ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް އާންމުންނާ ހަމައަށް ތިލަވުން ކަމަށާ އެ ދުވަސް އޮތީ ދުރުގައި ނޫން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved